މާސްކު އެޅުން މަޖުބޫރު ކުރުމާމެދު ވިސްނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރަގްރާމްގަައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތަށް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރު ކުރަން މިހާރު ވިސްނަވާ ކަމަށާއި އެކަމުގެ މަޝްވަރާތައްވެސް ކުރައްވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ ބަލީގެ ހާލަތު ގޯސްވެގެން ހިނގައްޖެނަމަ އުނދަގޫ ނިންމުންތަކެއް ނިންމަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަމަކީ މާސްކު އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ބެއްހެއްޓުން ކަމަށް އަމީން ވަނީ ފާހަގަ ކުރައްވާފައެވެ.
ގައިޑްލައިންތަކަށް ތަބާ ނުވެވިއްޖެ ކަމަށް ވާނަމަ މަޖުބޫރު ހާލަތަށް ގޮސްގެން ކުރަން ޖެހޭ ކަންތައް ތައް ހުންނާނެ ކަން ފާހަގަ ކުރައްވާ އަމީން ވަނީ ހުރިހާ އެންމެން ވެސް މާސްކު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން ކޮވިޑަށް 3567 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިއަދު 61 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ވަނީ މަރުވެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ކަލޭގެ ބަލާ ހާދަ ބޮޑޭ. ކޮބާހޭ ވެންޓިލޭޓަރު. ދުވަހަކު މިކަން ނިމުނުކަމަށް ނަހަދާތި. ނޫނީ ވައްކަން މެކުހުން ތިރިއަށް ވެއްޓިދާނެ. ބޮޑު ސިޔާސީ ސަކަރާތްގަނޑެއް މިހާރު ތިޖަހަނީ.ހުސް ވަގުން.