ކ. ހުރާގެ މޫދުން ހުރާވަރުގެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާލައިފިއެވެ.
އެމްޓީސީސީ އިން ބުނީ ހުރާ ބިން ހިއްކުމުގެ މަސައްކަތް މިިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި މަސައްކަތް ނިންމާ މިމަހު 7 ވަނަ ދުވަހު ސައިޓް ޑިމޮބަލައިޒް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއަކީ 2018 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ހުރާގެ ބިން ހިއްކުމުގެ މަޝްރޫއަކީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް، ވިޔަފާރިތަކަށް ބިން ދޫކުރުމަށްޓަކައި ހިންގި މަޝްރޫއެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 33.73 މިލިއަން ރުފިޔާ، އަދި ދެވަނަ ފޭސް އަށް 71.32 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެކު ޖުމްލަ މި މަޝްރޫއަށް ހަރަދުކޮށްފައި ވަނީ 105.05 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ހުރާގައި 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ރަށުގެ ހިއްކާފައިވާ ސަރަހައްދު ހިމާޔަތް ކުރަން 1،626 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާ، 152 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތޮށިލާފައެވެ.
ޝުކުރިއްޔާ ރައީސް ޔާމީން
ޝުކުރިއްޔާ ރައީސް ޔާމީން