ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާ ކުރުމުގައި ދަތިތަކާއި ހުރަސްތަކާ ކުރިމަތިލާން ޖެހި ތިންވަނަ ކުއްޖަކު ބަނޑަށް މަރުވެއްޖެއެވެ.
މާ ބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވި ތިން ވަނަ ކޭސް ފެނިފައި ވަނީ ހއ. ބާރަށާއި އދ. މާމިގިއްޔަށް ނިސްބަތްވާ ދެމަފިރިންނަށެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބާރަށަށް އުފަން އަންހެންމީހާގެ ބައްޕަ ދޮންމަނިކު ބުނީ ބަނޑުގައި ވާ ދަރިފުޅު މަރުވެފައި ވަނީ މާބަނޑު އަންހެންމީހާއަށް ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ. އެއްރަށުން އަނެއް ރަށަށް ފަރުވާ ހޯދުމަށް ދަތުރު ކުރަން ޖެހޭ އިރު ކޮވިޑް އައުމުގެ ފަހުން ޑޮކްޓަރަށް ދައްކަން ދިއްދުއަށް ނުދެވި ތިބި ކަމަށާއި ފަހުން ލުއިތައް ދިން ފަހުން ދިއްދުއަށް ޑޮކްޓަރަށް ދައްކަން ދިޔަ ކަަމަށެވެ.
އެ ދެމަފިރިން ހއ. ދިއްދޫ ހޮސްޕިޓަލަށް ދިޔުމުން އެ ހޮސްޕިޓަލުން ސްކޭން ކުރެވޭނެ ގޮތް ނެތުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔުމަށް އެންގި ކަމަށް އަންހެން ކުއްޖާގެ ބައްޕަ ބުނެއެވެ. އަދި އާސަންދަ ހަމަނުޖެހުމުން އެނބުރި ރަށަށް ގޮސް ލޯންޗެއް ކުއްޔަށް ހިފައިގެން އެ ދެމަފިރިން ކުޅުދުއްފުއްޓަށް ދިޔަ ކަމަށާއި ސްކޭން ހެދުމަށް ފަހު އެ ހޮސްޕިޓަލުން ބުނީ ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމަށް ދޮންމަނިކު ބުނެއެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުން އެ ރަށުގައި މަޑުކުރެވެން ނެތް ކަމަށް ބުނުމުން ދިއްދުއަށް ދާށޭ ކިޔާފައި ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ކަމަށް ދޮން މަނިކު ބުނެއެވެ.
މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދޮންމަނިކު ބުނީ ޑޮކްޓަރަށް ނުދެއްކި ލަސްވީ ކޮވިޑް-19އާ ގުޅިގެން އެއްރަށުން އަނެއް ރަށަށް ދިޔުން މަނާކޮށްފައި އޮތުމުން ކަމަށާއި އެދަތިތަކުގެ ސަބަބުން ގިނަ ދުވަސްތަކެއްގެ ފަހުން ޑޮކްޓަރަށް ދައްކަން ދެވުމުން ދެން ކަންތައް ވެގެން ދިޔައީ ވެގެންވާނެ ގޮތަކަށް ނޫން ކަމަށެވެ. އާއިލާއަށް މީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އޭނާ ބުނެއެވެ. އަދި ބަނޑަށް ދަރިފުޅު މަރުވި އިރު އޭނާގެ ބަނޑަށް ވީ 4 މަސް ކަމަށާއި މިހާރު އެ ދެމަފިރިން ތިބީ ދިއްދޫ ހޮސްޕިޓަލުގައި ކަމަށެވެ.
މިއީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިފަހުން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ބޭސްފަރުވާގެ ކަންކަމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަަބުން ބަނޑަށް މަރުވި ތިންވަނަ ކުއްޖާއެވެ. އެ ގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫގައި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ނުވުމުގެ ސަބަބުން ބަނޑަށް ދަރިފުޅުވަނީ މަރުވެފައެވެ.
ހަމައެއާއެކު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ލަސްތަކެއް ދިމާވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ މިދިޔަ 25 ވަނަ ދުވަހެވެ. މި މައްސަލައިގައި ށ. ފުނަދޫ ހޮސްޕިޓަލުން އެ އަންހެންމީހާ ވިހަން ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ 7 މަހުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އެ ހޮސްޕިޓަލުން ފަރުުވާ ދިނުމުގައި ލަސްތަކެއް ހުރެގެން ކުއްޖާ މަރުވި ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފައި ވެއެވެ.
އަދި ދ. ކުޑަހުވަދޫ ގައި މިދިޔަ ހުކުރު ދުވަހު، ދުވަސް ނުފުރާ ވިހޭ ދެކުދިން މަރުވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.
ތީގަ ސިއްހީ ޚިދުމަތްދޭ ފަރާތެއްގެ ކުށެއް ނުވަތަ އިހުމާލެއް ނޯންނާނެ. ދުވާލު އިރު ފެންނަ ފަދައިން ފެންނަން އޮތް ޙަގީގަތެއް އެއީ. މިމީހުން ބުނާފަދަ އެ ކުދިން މަރާލަނީ އެ ކުދިންގެ މައިންބަފައިންނޭ!! އެއްމާބަނޑު ދެ ކުދިން މަރުވި ހާދިސާގަވެސް އާސަންދަވެސް ހަމަޖެހިފަޔޯ ތިމަންނަމެން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ހަމަޖައްސާފަޔޯ. ބޯޓު ހޮސްޕިޓަލުގެ ދޮރުމަތީ ބާއްވާފަ އޮއްވާވެސް ހަމަ އެ ކުއްޖާ ހޮވައިގެން ބޯޓަށް ނޭރީ؟؟ ޒިންމާ ނަގާނެ މީހާ ކު ނެތް، ކު ކުޅު ހާލާއި ވެރި ކަން ހަވާލު ކުރިނަމަވެސް މިއަށްވުރެ ހަރުދަނާ ކަމެއް ފެނުނީސް
ދޮގުވަާހަކަތަށް ފަތުރައިގެން ސަރު ކާރު ބަދުނާމް ކުރެވޭތޯ އަބަދުވެސް ބަލާތި. ތީގަ ކުއްވެރި ކުރަންޖެހޭނީ އެ ކުއްޖާގެ މައިންބަފައިން މާބަނޑުމީހެކޭ ކިޔާފަ ހުރިހާ ހަރަދެއް ސަރު ކާރުން ކުރެ ވޭ ކަށް ނޯންނާނެ