ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅާފައިވާ ލޮކްޑައުންގެ ހާލަތުގައި ކޮންމެ ދުވަހަކު ފެން ޓެސްޓް ކުރުމުގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުން އެބަތިއްބެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުން ކޮންމެ ދުވަހަކުވެސް ފެން ޓެސްޓް ކުރުމުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެ ހަތަރު މުވައްޒަފުންނަކީ ފެން ޓެސްޓް ކުރުމަށް އެ ތަނުގައި ލޮކްޑައުންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކަމަށާއި އެ މީހުންގެ މަސައްކަތަކީ އާންމުންނަށް ރައްކާތެރި ކަމާއި ސާފު ފެން ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ސާފު ފެނަކީ މުހިއްމު އެއްޗަކަށް ވާއިރު ސާފު ރައްކާތެރި ބޯފެން އިސްރާފު ނުކޮށް ފެން ބޭނުން ކުރަން އާދަކުރަންޖެހޭ ކަމަށައި އެ ފެން ތައްޔާރު ކުރަނީ ޑަބްލިޔުއެޗްއޯ އަދި ރާއްޖޭގައި ކަނޑައެޅިފައިވާ މިންގަޑނޑުތަކާއި ގަވާއިދަށް ފައްތައިގެން، ބޯން ރައްކާތެރި ގޮތަށް ކަމަށާއި އެ ކުންފުނީގެ ލެބޯޓަރީން ކޮންމެ ދުވަހަކު ފެނުގެ ކޮލެޓީ ޗެކްކުރަމުން އަންނަކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑާބްލިއުއެސްސީން ބުނެފައި ވަނީ ކޮވިޑް-19 ބައްޔާ ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރު ކަމުގެ އާދަތަކުގައި ހިފައިގެން ކަމަށާއި، އަދި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް އަޑުއަހާ، ބޯލަނބަލުމުން ދިއުމަކީ މިވަގުތު ކުރުން މުހިއްމު ފަރުދީ ޒިންމާއެއް ކަމަށެވެ.