ކ. ހިންމަފުށީ ރިހެބުން 3 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރެހަބިލިޓޭޝަން ސެންޓަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ސާވައިލަންސް ސާމްޕަލްތަކެއް ނަގާފައި ވާކަމަށެވެެ.
އެގޮތުން އައްސޭރި ޖަލުން 36 ސާމްޕަލް އަކާއި ޑީޓީއާރްސީ އިން 37 ސާމްޕަލް އަކާއި އިންޑަސްޓްރިއަލް ޒޯން އިން 45 ސާމްޕަލް އަކާއި ރަށުތެރެއިން ރެންޑަމްކޮށް 28 ސާމްޕަލް، ޖުމްލަ 146 ސާމްޕަލް ނެގިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހުރިހާ ސާމްޕަލެއްގެ ނަތީޖާ މިހާރު ލިބިފައި ވާއިރު، ހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ކޮވިޑަށް ނެގަޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ބައްޔަށް ޕޮޒިޓިވް ވުމުންންނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިި ވާއިރު ރިހަބަށް ދިއުމުގެ ކުރިން މާލޭގެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެގެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ރިހެބުން ޕޮޒިޓިވް ވި މީހާ ޕޮޒިޓިވް ވީ އެގެއިން ކަމަށް ބެލެވޭކަމަށްވެސް އެޗްޕީއޭން ވަނީ ބުނެފައެވެ.