ޗޫރޯސް އަކީ މި ރޯދަމަހު ގޭގައި ހުރެ ހަދާލުމަށް ފަސޭހަ ޑެޒާޓަކަށް ވާނެއެވެ.
މިއީ ފޮނި އެއްޗެހި މީރު ފަރާތްތަކަށް ކަމުދާ ރެސިޕީއަކަށް ވާނެއެވެ.
ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ފެން
- 1/2 ޖޯޑު ބަޓާ
- 1/2 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
- 2 ސައިސަމުސާ ހަކުރު
- 1/4 ސައިސަމްސަލުގެ ލޮނު
- 1 ޖޯޑު ފުށް
- 3 ބިސް
- ކޯޓިން އަށް ބޭނުންވާނެ ތަކެތި:
- 1/4 ޖޯޑުގެ ހަކުރު
- 1 ސައިސަމުސާ ފޮނިތޮށި
- ޗޮކްލެޓް ސިރަޕް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- ޗޮކްލެޓް (ޑާކް ޗޮކްލެޓް އަކާއި މިލްކް ޗޮކްލެޓެއް)
- 2، 1/2 ޖޯޑުގެ ކިރު
- 1/2 މޭޒުމަތީ ސަމްސަލުގެ ކޯންފްލޯ
- 1/4 ސައިސަމްސަލުގެ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފެނާއި، ބަޓާ އާއި ކިރާއި ހަކުރު އަދި ލޮނު އެއްކުރުމަށް ފަހު ދޭފަތަކުން ހަލުވަމުން މަޑު ގިނީގައި ބަހައްޓައިގެން ކައްކާށެވެ. ކެކެން ފެށުމުން (ބޮކިއަރާވަރަށް) އުނދުން މަތީ ބަހައްތާ ފުށް އަޅައިގެން އެއްކޮށްލާށެވެ. މޮޑޭ ފުއްގަނޑަކަށް ވަންދެން އުނދުންމަތީ ބަހައްޓައިގެން އެއްކޮށްލާށެވެ. އެއަށްފަހު އުނދުން މަތިން ނަގާށެވެ.
ތައްޓަކަށް ބިހާއި އެސެންސާއި އަޅާ ރަނގަޅަށް ގިރާލާށެވެ. ކުރުން ތައްޔާރުކުރި ފުއްގަނޑުގެ ތެރެއަށް އޮއްސާލާށެވެ. އެއަށްފަހު އެއްކޮށްލާށެވެ. އެއްކުރާނީ ރަނގަޅަށް ފުށްގަނޑު އޮމާންވެ އެކުވަންދެންނެވެ.
އެއަށް ފަހު ތެއްޔަކަށް ތެޔޮ އަޅާ ހޫނުކުރާށެވެ. ޕޭސްޓްރީ ބޭގަކަށް ނުޒުލް ލެއްވުމަށްފަހު ބޭގަށް ކުރިން ތައްޔާރުކުރި ފުށްގަނޑު އަޅާށެވެ. ބޭގުން ޓްރޭއަކަށް ބޭކިން ޕޭޕާ ލުމަށްފަހު އޭގެ މަތީ ފުށްގަނޑު 4 އިންޗި ވަރަށް ކަތުރަކުން ބުރިކުރަމުން ދާށެވެ. 2 އިންޗި ވަރުގެ ޖާގައެއް ދޫކުރުމަށް ފަހު އެއް ޓްރޭއަށް އެޅޭ ވަރަށް އެގޮތަށް ތައްޔާރު ކުރާށެވެ.
18 ނުވަތަ 22 މިނެޓަށް އަވަންގައި ފިހެލާށެވެ. ގަދަ މުށި ކުލަ އަރާވަރަށް ފިހެވުމުން އަވަން ނިއްވާލުމަށަފަހު ހޫނުކަން ކެނޑެންދެން ބަހައްޓާލާށެވެ. އެގޮތަށް ތައްޔާރު ކުރެވުމުން ބަންދު ކުރެވޭ ކޮތަޅަކަށް ހަކުރާއި ފޮނިތޮށި އަޅާ ޗޫރޯސް ތަކުގައި ހޭކޭނެހެން އެއްކޮށްލާށެވެ.
ސިރަޕް ގަނޑު ތައްޔަރުކުރުމަށް ތެއްޔަކަށް ކިރާއި ޗޮކްލެޓްތައް އަޅާ މެލްޓް ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް އެސެންސް އަޅާށެވެ. އަދި ކޯން ފްލާ ކޮޅު ފެންފޮދެއްގައި އެއްކޮށްލާ ގިރާލުމަށްފަހު އެއްކޮށްލާށެވެ.
ކެއުމަށް ބޭނުން ކުރުމަށް ސިރަޕް ވެސް ހިހޫވުމުން ބޭނުން ކުރާށެވެ. ނަމަވެސް އެންމެ މީރު ވާނީ ހޫނުކޮށް ހުއްޓާ ކެއުމުންނެވެ.