މެލްޓީސާ މިލިއަނާސް ޝޯޓް ބްރެޑަކީ އަގަނޔަށް މީރު، ތައްޔާރު ކޮށްލަންވެސް ފަސޭހަ ފޮނި ކާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 60 ގްރާމް ގޯލްޑެން ސިރަޕް
- 1 ސައިސަމްސަލުގެ މެލްޓް ޕައުޑާ
- 40 ގްރާމްގެ މެލްޓް އެކްސްޓްރެކްޓް (ދިޔަ ނަގާފަ)
- 250 ގަރާމްގެ އައިސިން ޝުގާ
- 400 ގްރާމްގެ މިލްކް ޗޮކްލެޓް
- 225 ގްރާމްގެ ފުއް
- 1/2 ސައިސަމްސަލުގެ ލޮނު
- 175 ގަރާމްގެ ބަޓާ (އަންސޯލްޓެޑް)
- 175 ގްރާމްގެ ބާޓާ
- 400 ގްރާމްގެ ގެރިކިރު
- 4 ޕެކެޓް މެލްޓީސާ
ތައްޔާރު ކުރާނެ ގޮތް:
1. ފުށާއި މެލްޓެޑް ޕައުޑާ އާއި ބަޓާ އަޅާ މިކްޗަރުން ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް އައިސިން ޝުގާ އަޅާ އަނެއްކަވެސް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޓްރޭ އެއްގައި އަތުރާލާ، ސަމްސަލަކުން ރަނގަޅަށް އެއްވަރުކޮށްލާށެވެ. އެއަށްފަހު 150 ޑިގްރީ ސެލްޝިއަސްގައި 30 މިނެޓް ވަންދެން ފިހެލާށެވެ.
2. ތެއްޔަކަށް ބަޓާ އައި ގޯލްޑެން ސިރަޕް އާއި މެލްޓެޑް ޕައުޑާ އާއި ހަކުރާއި މެލްޓެޑް އެކްސްޓްރެކްޓާއި ލޮނާއި ގެރިކިރު އަޅާ އަތު މިކްސްޗަރުން އޮލަވަންދެން އެއްކޮށްލާށެވެ. ކުރިން ފިހަންލީ ޓްރޭ 30 މިނެޓް ވުމުން ނަގާ އޭގެ މައްޗަށް އަޅާލާށެވެ.
3. އޭގެ މަތީގައި މެލްޓީސްގެ ލޭޔާއެއް އަތުރާށެވެ. ކުޑަކޮށް ހަރުވަންދެން ބަހައްޓާލާށެވެ. އޭގެ މައްޗަށް މިލްކް ޗޮކްލެޓް މެލްޓް ކުރުމަށްފަހު ލޭޔާ އަކަށް ވާނެހެން އަތުރާލާށެވެ. އޭގެ މަތީގައި މްލްޓީސެއް 2 ފަޅިއަށް ފަޅިކުރުމަށް ފަހު މަތީގައި އަތުރާލާށެވެ. ހަރުވަންދެން ބެހެއްޓުމަށްފަހު ކާން ވުމުން ކަފާލާށެވެ. ބޭނުން ނަމަ ކެއުމުގެ ކުރިން ފްރިޖަށްލާ ފިނިކޮށްލާށެވެ.