ވެމްކޯގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނެގި ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެމްކޯ މުވައްޒަފުންގެ ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ނެގެޓިވް ވެފައިވާ ކަމަށެވެ.

ވެމްކޯ މުވައްޒަފުންގެ ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައި ވާއިރު، އެ ކުންފުނީން ޕޮޒިޓިވް ވީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެެކެވެ.

މިހާރު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 904 އަށް އަރާފައެވެ. ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 33 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް 30 ތަނަކުން ސާމްޕްލަ ނަގާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.