ސިނަމަން ރޯލްސްގެ މި ރެސިޕީ އަކީ 16 މީހުން ކެއުމަށް ވާވަރަށް ތައްޔާރު ކުރެވިދާނެ ރެސިޕީއެކެވެ.
ސިނަމަން ރޯލްސް ހެދުމަށް ފުއްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 1 ޕެކެޓް ޑްރައި ޔީސްޓް (1/4 އައުންސް)
- 1 ޖޯޑު ކިރު (ތާފަނާކޮށް)
- ½ ޖޯޑުގެ ހަކުރު
- ½ ޖޯޑުގެ ބަޓާ
- 1 ސައިސަމަސަލުގެ ލޮނު
- 2 ބިސް
- 4 ޖޯޑު ފުއް
- ސިނަމަން ރޯލްސް ފިލިންގް ހެދުމަށް ބޭނުންވާ ތަކެތި:
- 1 ޖޯޑުގެ ބްރައުން ޝުގާ
- 3 ސައިސަމްސަލުގެ ސިނަމަން (ފޮނިތޮށި ހިމުންކޮށް މުގުރާފަ)
- ½ ޖޯޑުގެ ބަޓާ
- ސިނަމަން ރޯލްސް ކްރީމް ޗީޒް ލެއިސިންއަށް ބޭނުންވާ ތަކެތި:
- 6 ސައިސަމްސަލުގެ ބަޓާ
- 1 ޖޯޑާއި ½ ޖޯޑުގެ އައިސިން ޝުގާ
- ¼ ޖޯޑުގެ ކްރީމް ޗީޒް
- ½ ސައިސަމްސަލުގެ ވެނީލާ އެސެންސް
- 1/8 ސައިސަމްސަލުގެ ލޮނު
ސިނަމަން ރޯލްސް ފުއްގަނޑު ތައްޔާރުކުރާނެ ގޮތް:
ތާފަނާ ފެން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ޔީސްޓް އަޅާފައި ގިރެންދެން ބަހައްޓާށެވެ. އެހެން ތަށްޓަކަށް ހަކުރާއި ބަޓާއާއި ލޮނާއި ބިހާއި ފުއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ޔީސްޓް އަޅާ ހުރިހާއެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު މަތި ބަންދުކޮށް ފުށްގަނޑު ބޮޑުވަންދެން ގާތްގަނޑަކަށް 1 ގަޑިއިރު ނުވަތަ ރަނގަޅަށް ފުއްގަނޑު ފުފެންދެން ބާއްވާލާށެވެ. ފުއްގަނޑު ރަނގަޅަށް ފުފުމުން 18 އިންޗި އާއި 12 އިންޗި ހުންނަވަރަށް ދަމާލާށެވެ. ބޯމިނުގައި ¼ އިންޗި ހުންނަ ވަރަށެވެ.
ސިނަމަން ރޯލްސް ފިލިންގް ތައްޔާރުކުރާނެ ގޮތް:
ސިނަމަން ރޯލްސް ފިލިންގް ހެދުމަށް ބަޓާ އާއި ބްރައުން ޝުގާ އަދި ސިނަމަން ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ކެފި ފުއްގަނޑުގެ މަތީގައި އެއްކުރި ފިލިންގްސް ހާކާލާށެވެ ބޭނުންނަމަ އޭގެ މަތީގައި ވިރުވާފައި ހުރި ބަޓަރު އުނގުޅުމަށްފަހު ހަކުރާއި ފޮނިތޮށި ފުށްގަނޑުގެ މައްޗަށް ބުރުވާވެސް ލެވިދާނެއެވެ.
ސިނަމަން ރޯލްސް ތައްޔާރުކުރާނެ ގޮތް:
ދިގު މިނުގައި 18 އިންޗި ހުރި ދިމާއިން ރޯލުކޮށްލާށެވެ. އެއަށްފަހު 1 ½ އިންޗިއަށް ސްލައިސްކޮށް ވާނެހެން ކާފާލާށެވެ. ދެން ޓްރޭގެ ތެރޭގައި ސިނަމަން ރޯލް ފޮތިތައް އަތުރައި 30 މިނިޓް ވަންދެން ނުވަތަ ފުފެންދެން ބަހައްޓާށެވެ. އެއަށްފަހު އަވަނަށްލާ 350 ޑިގްރީސެލްޝިއަސްގައި 20 މިނެޓް ވަންދެން ފިހެލާށެވެ. ގަދަ މުށި ކުލަ އަރަންދެންނެވެ.
ސިނަމަން ރޯލްސް ކްރީމް ޗީޒް ލެއިސިން ތައްޔާރުކުރާނެ ގޮތް:
ބަޓާ އާއި އައިސިން ޝުގާ އާއި ލޮނު އަދި ވެނީލާ އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކްރީމް ޗީޒް ކޮޅު އަޅާ އެއްކޮށްލާށެވެ. ކްރީމް ޗީޒް އަޅާނީ ފަހަރަކު ސަމަސަލަކުން އަޅައި ރަނގަޅަށް ތައްޔާރު ވަންދެނެވެ. އަދި ސިނަމަން ރޯލުތައް ފިހެވުމުން ހިހޫ ކުރުމަށަފަހު އޭގެ މަތީގައި ކްރީމް ޗީޒް ލޭޔާ ފަތުރާލާށެވެ.