ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މީހުންގެ ތެރެއިން 54 ޕަސެންޓް މީހުންގެ ގައިން ބަލީގެ އަލާމާތް ނުފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕޮސިޓީވްވި މީހުންގެ ތެރެއިން 54 ޕަސެންޓް މީހުންނަކީ އެއްވެސް އަލާމާތެއް ނެތް މީހުން ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް މި ބަލީ ޖެހިދާނެ ކަމަށާއި، ކޮންމެ މީހެއްގެ ފަރާތުންވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 785 އަށް އަރާފައެވެ. މިއަދު ޖުމްލަ 41 ފަރާތެއް ކޮވިޑަށް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 54 ޕަސެންޓް އަލާމަތް ނެތް ކަމަށް އެޗްޕީއޭއިން ބުނާއިރު އެއީ 423 މީހުންނެވެ.
މާލެ ސިޓީގެ އިތުރުން މިހާރު އައްޑޫ ސިޓީ ވަނީ ފުލް ލޮކްޑައުންއަކަށް ބަދަލުކޮށްފައެވެ. އައްޑޫ ސިޓީ ލޮކްޑައުންކޮށްފައި ވަނީ ރޭގެ ވަގުތެއްގައި މާލެއަށް ގެނައި ބަލި މިހާކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ޕޮޒިޓިވްވެފައި ވަނީ ފިރިހެނެކެވެ. އައްޑޫއިން މާލެއަށް ގެނައި މީހާ ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
މި ކޭސްއާ ގުޅިގެން ބަލި މީހާއާ ކޮންޓެކްޓް ވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ދެނެގަތުމަށް މަސައްކަތް ކުރާއިރު މޯލްޑިވިއަންގެ ސްޓާފުންނާއި އެއާޕޯޓް މުވައްޒަފުންނާއި ބަލި މީހާއަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ހިމެނެއެވެ. އޭގެތެރޭގައި އެޓެންޑެންޓުން ނަރުހުން އަދި ޑޮކްޓަރުން ހިމެނެއެވެ. އަދި އެ ފަރާތްތައް ވަނީ ވަކިން ތަނެއްގައި އެކަހެރި ކުރެވިފައެވެ.
އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތާއި މިހާތަނަށް 26 ފަރާތެއް ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފެނިފައިވެއެވެ. އޭގެތެރޭގައި 7 ޑޮކްޓާރުންނާއި 10 ނަރުހުން ހިމެނެއެވެ. އަދި ސެކަންޑަރީ ކޮންޓެކްޓްސް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.