ނަޓެއްލާ ޕިއްޒާ އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ފޮނި އެއްޗެކެވެ. މިއީ ހާއްސަކޮށް ނަޓެއްލާ މީރު ބޭފުޅުންނަށާއި ސްޓޯބެރީގައި ޗޮކްލެޓް ޑިޕް ކޮށްގެން ކެއުމަށް ބޭނުންކުރާ ފަރާތްތަކަށް ގޭގައި ހަދާލުމަށް ފަސޭހަ އަނގަޔަށް މީރު ޕިއްޒާއަކަށް ވާނެއެވެ.
ބޭނުންވާތެކެތި:
- 1 ޕިއްޒާ ފުއްގަނޑު
- ނަޓެއްލާ
- 4 ސްޓްރޯބެރީ (ތުނިކޮށް ކޮށާފަ)
- 10 އަލްމަންޑް (ތުނިކޮށް ކޮށާފަ)
- 3 ވަށް ދޮންކެޔޮ (ކޮށާފަ)
ޕިއްޒާ ފުއްގަނޑު ހެދުމަށް ބޭނުންވާ ތަކެތި:
- 1/2 ތަށި ތާފަނާ ފެން
- 2 ޖޯޑު ފުށް
- ލޮނު ކޮޅެއް
- 2 ސައިސަމުސާ ޔީސްޓް
- 3 ސަމްސާ އޮލިވް އޮއިލް
ތައްޔާރުކުރާނެ ގޮތް:
ކުޑަ ތައްޓެއްގައި ތާފަނާ ފެނާއި ޔީސްޓް އެއްކޮށްފައި 5 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުށާއި ލޮނުކޮޅު ރަނގަޅަށް އެއްކޮށްލުމަށް ފަހު ތެޔޮކޮޅު އަޅާފައި އެއްކޮށްލާށެވެ. ކުރިން ގިރި ޔީސްޓްކޮޅު އެއްކޮށްލާ ރަނގަޅަށް މޮޑެލާށެވެ. ދެން ތައްޓެއްގައި ތެޔޮ ކޮޅެއް އުނގުޅާލުމަށް ފަހު ފުއްގަޑު އެއަށް ލާފައި ފުފެން ދެން ފޮތި ކޮޅަކުން މަތި ބަންދު ކޮށްފައި ގަޑިއެއް ހާއިރު ބާއްވަވާށެވެ.
ފުއްގަނޑު ތައްޔާރު ވުމުން ޓްރޭއެއްގައި ފުށްގަޑު ފަތުރާލައި ފުއްގަނޑު މަތީގައި ނަޓެއްލާ އުނގުޅާލަށެވެ. ފުއްގަނޑުގައި އެއްކޮށް ނަޓެއްލާ ހޭކުމަށް ފަހު ކޮށާފައިވާ ސްޓޯބެރީ އާއި ދޮންކެޔޮތައް ފުއްގަނޑުގެ މަތީގައި އަތުރާލާށެވެ. ދެން 15 މިނެޓް ވަންދެން 350 ޑިގްރީ ސެލްސިއަސްގައި ފިހެލާށެވެ. ޕިއްޒާގެ ހޫނުކަން ކެނޑި ކެއުމަށް ބޭނުން ކުރުމުގެ ކުރިން މަތީގައި ނަޓެއްލާ ހާކާލާށެވެ.