ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ މީހުންގެ ތެރެއިން 32 ކުއްޖަކު ރާއްޖެ ގެނައުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ޔޫކްރެއިން ގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖެއައުމަށް ބޭނުންވާ ކުދިންނަށް ރާއްޖެ އައުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެގޮތުން 32 ކުއްޖަކު ރާއްޖެ އަންނަން އެދުމުން އެކުދިންނަށް ރާއްޖެ އާދެވޭނެ މަގު ފަހި ކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާރު އެކުދިން ދަނީ ޓިކެޓު ނެގުމުގެ ކަންކަން ކުރަމުން ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ތައިލެންޑުން ރާއްޖެ އަށް ފްލައިޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ ހެނދުނު 8:45 ގައި އެ ފްލައިޓުން 131 ދިވެއްސަކު އެނބުރި ރާއްޖެ އަންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ތައިލެންޑުގެ ބޯޓަކުން ރާއްޖެއަށް ބަޔަކު އަންނައިރު މިއަދު ތައިލެންޑުގެ ފްލައިޓަކުން ރާއްޖެއިން ވަނީ 131 މީހުން އެނބުރި ފުރާފައެވެ.
ސަރުކާރުން އަންނަނީ ރާއްޖެއިން ބޭރުގައި ހުރި ދިވެހިން އެނބުރި ގައުމަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އެނބުރި އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ތަންތަނުން އަދިވެސް އެތެރެކުރޭ