ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އަބުދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކޮށްފިއެވެ.

ސޮލާހަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ހޯމް މިނިސްޓްރީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސޮލާހަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ސޮލާހު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައްޔަންކޮށްފައިވާ ސޮލާހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.