ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދު ކާފިއު ހިންގި 3 ގަޑިއިރު ތެރޭގައި 182 ފަރާތަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ކާފިއު ހިންގި ވަގުތުގައި ފުރަތަމަ ފަހަަރަށް ނަސޭހަތް ދެވިފައި ވަނީ 182 ފަރާތަކަށް ކަމަށާއި، އަދި ދެވަނަ ފަހަރަށް ނަސޭހަތް ދެވިފައިވަނީ 2 ފަރާތަކަށް ކަމަށެވެ. ފުރަތަމަ ނަސޭހަތް ދެވުނު 182 މީހުންގެ ތެރޭގައި ހިމެނެނީ 153 ދިވެހިންނާއި 29 ބިދޭސީން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއަދު އެއްވެސް ފަރާތަކަށް އިންޒާރު ދީފައި ނުވާއިރު ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ފުލުހުން ރިކޯޑްކޮށްފަިއވާ މައުލޫމާތަށް ބަލާފައި ކަމަށް އެފަރާތުން ބުނެއެވެ. މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލޭ، ވިލިމާލެ، އަދި ހުޅުމާލޭގައި ކާފިއު ހިންގަމުން ދަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އާ ދެމެދުގައެވެ.
މިއަދަކީ ކަފިއު ހިންގި ހަވަނަ ދުވަހެވެ. ފުރަތަމަ ދުވަހު 95 މީހަކަށް ނަސޭހަތްދީފައި ވާއިރު، ދެވަނަ ދުވަހު 183 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. ތިންވަަނަ ދުވަހު 141 ފަރާތަކާއި ހަތަރުވަނަ ދުވަހު 139 ފަރާތަކާއި، ފަސްވަނަ ދުވަހު 183 ފަރާތަކަށް ވަނީ ނަސޭހަތް ދީފައެވެ. އެހެންކަމުން މިއަދާ ހަަމައަށް ޖުމްލަ 923 މީހަކަށް މި ވަނީ ނަސޭހަތްދެވިފައެވެ.