ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމުގެ ހޯދުމަށް ޑައިވަރުން ކަނޑުގެ ސާފޭސް ބެލުމަށް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރެއިން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ ކުރަމުން ކަމަށާއި މިހާރު އެ ސަރަހައްދުގައި ސްނޯކަލް ކުރަން ފަށާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާއިރު، މިއަދު ހެނދުނު އެމީހާ ހޯދުމަށް ކަނޑުގެ ސާފަސް ބަލަން ފަށާފައި ވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނިެފައިވާ ގޮތުގައި، އެ މުދިމު މޫދަށް ފުންމާލާތަން ސީސީޓީވީން ފެނެއެވެ. އޭނާ ފޯން ކޯލް އެއްގައި ހުރެ، ރިސޯޓުގެ ސަޕްލައި ޖެޓީއަށް އަރާ ކަމަށާއި އަދި މޫދަށް ފުންމާލާތަން ފެނުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 10:13 އެހައިކަންހާއިރެވެ.