ޖޭޑަބްލިއު މެރިއޮޓްގެ މުދިމު މޫދަށް ފުންމާލައިގެން ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އެހާދިސާގެ ރިޕޯޓު ލިބުނީ މިރޭގެ 10:13 ހާއިރު ކަމަށާއި މިހާރު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާގެ މުދިމު މޫދަށް ފުންމާލާތަން ސީސީޓީވީން ފެނެއެވެ. އޭނާ ފޯން ކޯލް އެއްގައި ހުރެ، ރިސޯޓުގެ ސަޕްލައި ޖެޓީއަށް އަރާ ކަމަށާއި އަދި މޫދަށް ފުންމާލާތަން ފެނުނު ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީ އިންޑިއާގެ ރައްޔިތެއް ކަމަށާއި، އޭނާގެ އުމުރަކީ 30 އަހަރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާރު މިހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާތަނަށް ލިބުނު މައުލޫމާތުން އެ މީހާ ފުންމާލަން ޖެހުނު ސަބަބެއް ސާފުވާގޮތެއް ނުވެއެވެ.