ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރުއާން ޗެލެންޖުން މި ވަނީ އެތައް ދިވެހިންނެއްގެ އަޑުން ގުރުއާންގެ އާޔަތްތައް ކިޔަވާފައެވެ. އެތައް ބައެއްގެ ތަފާތު ރާގުގެ ކިޔެވުންތައް ވަނީ އަޑު އިވިގެން ގޮސްފައެވެ.
ކޮވިޑް-19ގެ ބިރުގައި މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައި ޝަހީމް ފެއްޓެވި ޗެލެންޖަށް އާންމުންގެ ލޯބި ޖެހިފައި ވާއިރު، އެ ޗެލެންޖުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ފޯރީގައި ބައިވެރިވަމުންނެވެ.
އިޖުތިމާއީ ގައިދުރުކަމާއި އަމިއްލަ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޭގައި ކަރަންޓީނުގައި ތިބޭއިރު ފޫހި ފިލުވުމުގެ ގޮތުން އެކި ގޮތްގޮތަށް އެންމެންވެސް ވަގުތު ހޭދަކުރަމުން ދާއިރު، ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި މިހާރު އެންމެ ބާރަށް ހިނގަނީ ގުރުއާންގެ ކިޔެވުމުގެ ޗެލެންޖެވެ.
އެގޮތުން ގުރުއާން ކިޔެވުމުގެ އެ ޗެލެންޖުން އެންމެ ފާހަގަ ކޮށްލެވުނު އެއް ފަރާތަކީ ސައުދި އަރަބިއާގެ މަޝްހޫރު ޝައިހެއް ކަމަށްވާ، އަބްދުއްރަހްމާން އިބްނު އަބްދުލް އަޒީޒް އަލް ސުދައިސް (ޝައިހް ސުދޭސް) ގެ ރާގަށް ކިޔަވާފައިވާ ގއ. މާމެންދޫއަށް އުފަން 36 އަހަރުގެ މުހައްމަދު ޝަމީމް އަބްދުލް މުހްސިންގެ އަޑެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ޝަމީމް ބުނީ އޭނާގެ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރީ ޗެލެންޖްގައި ބައިވެރިވުމުގެ ގޮތުން ނޫން ކަމަށާއި އެ ވީޑިއޯ ހިއްސާކުރީ ގޭގައި ގިނަ ވަގުތުތަކުގައި ތިބޭ އިރު ގުރުއާން ކިޔެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭތީ ކަމަށް އޭނާ ކިޔައިދިނެވެ.
އެތައް ބަޔަކު ޝަމީމްގެ ކިޔެވުން ރީތިކަން ފާހަގަކޮށްފައި ވާއިރު، އޭނާ އަކީ 2011 އިން ފެށިގެން އެންމެ ފުރަތަމަ އިމާމްކަމުގެ ސަނަދު ލިބުމަށް ފަހު އުފަން މާމެންދޫގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގައިވެސް ހުކުރު ނަމާދުގެ އިމާމްކަންވެސް ކޮށްފައިވާ މީހެއް ކަމަށް އޭނާ ކިޔައިދިނެވެ. ހުވަދު އަތޮޅަށް އުފަން ނަމަވެސް ކައިވެންޏަށް ފަހު އައްޑޫ ސިޓީީ އަށްް ދިރިއުޅުން ވަނީ ބަދަލުކޮށްފައެވެ.
މިހާރު މިފްކޯގެ އެސިސްޓަންޓް މެނޭޖަރުގެ ވަޒީފާ އަދާކުރާ ޝަމީމް ދަނީ ބައެއް ނަމާދުތަކުގައި އިމާމުވެ ނަމާދު ކުރަމުން ކަމަށާއި ރަށުގައި އުޅުނު އިރު ކުދިންނަށް ރާގު ދަސްކޮށްދިނުމަށް ގުރުއާން ކިޔަވައިދީ އުޅުނު ކަމަށްވެސް ޝަމީމް ކިޔައިދިނެވެ.
މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޝަމީމް ގުރުއާން ކިޔެވި ވީޑީއޯ މިހާތަނަށް އައި އިރު 18.3 ހާސް ފަހަރު މީހުން ވިއުކޮށް އެތައް ބަޔަކު ކޮމެންޓްކޮށް އަދި އެތައް ބަޔަކު ވަނީ އެ ވީޑިއޯ ޝެއާ ކޮށްފައެވެ. އެގޮތުން މިހާތަނަށް 1.1 ކޭ (ހާސް) އަށް ވުރެ ގިނަ ލައިކް ލިބި، 688 ފަހަރު ޝެއާ ކޮށްފައި ވެއެވެ. އަދި 457 ކޮމެންޓް ކޮށްފައިވެއެވެ.
ޝަމީމް ބުނި ގޮތުގައި އޭނާގެ ގުރުއާން ކިޔެވުމުގެ ރާގުގެ ރީތި ކަމާއި، އަޑުގެ ފުރިހަމަކަމުން އާންމުންގެ ގިނަ ބަޔަކު ތައުރީފު ކުރަމުން ދިޔަ އިރު، އެއްބަޔަކު އެއީ އޭނާ ގެ ކިޔެވުން ނޫން ކަމަށް ބުނަމުން ދިޔަ ކަމަށްވެސް އޭނާ ބުނެއެވެ. އެއީ އެހެން މީހަކު ކިޔަވާފައިވާ އޯޑިއޯއް ރިކޯޑުކޮށްގެން ކިޔަވަނީ ކަމަށްބުނެވެސް ބައެއް މީހުންގެ ފަރާތުން ކޮމެންޓްސް ލިބެމުން ދިޔަ ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް އެއީ އޭނާގެ ކިޔެވުން ކަން އިމާމުވެ ނަމާދު ކުރާއިރު މައުމޫމުންނަށް އިނގޭނެ ކަމަށް އޭނާ ކިޔައިދިނެވެ. އާންމުކޮށް ފަސް ރާގަކަށް އޭނާ ކިޔަވާ އުޅޭ ކަމަށާއި ނަމަވެސް އާންމުކޮށް ކިޔަވާ ރާގަކީ އެ ވީޑިއޯގައިވާ ރާގު ކަމަށް އޭނާ ބުނެއެވެ. އެއީ އާންމުކޮށް އަޑުއަހާ އުޅޭ ރާގުތައް ކަމަށާއި ގިނަ މީހުންގެ ފަރާތުން ސުދޭސް ކިޔަވާ ރާގާ ވައްތަރު ކަމަށް ބުނާ ކަމަށް އޭނާ ކިޔައިދިނެވެ.
ގުރުއާން ކިޔެވުމުގެ ޗެލެންޖަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައި ވާއިރު، އެ ޗެލެންޖްގެ އިތުރުން ކޮންމެ ރެއަކުވެސް ރޭގަނޑު 10:00 ގައި ފޭސްބުކް މެދުވެރިކޮށް ގުރުއާނުގެ އިލްމާއި ތަފްސީރު ކުރުމުގެ ޕްރޮގްރާމެއްވެސް ޑރ .ޝަހީމް ކުރިއަށް ގެންދަވައެވެ. އެ ޕްރޮގްރާމުގައި ގުރުއާނުގައި ހުންނަ އެކިއެކި އިލްމީ ވާހަކަތަކާއި މާނަތައް އާންމުންނާ ހިސާބަށް ގެނެސް ދެއްވައެއެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ގުރުއާން ހަތިމްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ އެ ޕްރޮގްރާމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިިވެރި ވަމުންނެވެ.
ޝަމީމްއައް ނުކިޔެވޭނެ ރާގެއްނޫންއެއީކީ. ސާބަސް ޝަމީމް
ޝަމީމްގެ ކިޔެވުމުގެ އަޑު ނީވޭ މާމެންދޫ މީހަކު ހުންނާނެހެނެއް ހިޔެއް ނުވޭ. އެއީ އަޑު އަޅާފައެއް ނޫން. ޝަމީމަކީ މާމެންދޫ މީހުން ދަންނަ މީހުންނަށް ހެޔޮ އެދޭ މީހެއް. ތަންތަނުން އިވޭހާ ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން. ބުއްދިވެރިއަކީ ތިމާ އަށް ނޭގޭ ކަންތައްތަކުގެ ވާހާކާ ނުދައްކައި ހަނުހުންނަ މީހާއެވެ.
އަރަބި އަކުރު ކިޔަން ދަންނަ އެކަކުވެސް ތީ މަޖަރެއްކަން ދެނެގަންނާނެ.... ފާހަގަވާ ކަންކަން އިންތިހާއަށް ގިނަ....
ގުރުއާން ކިޔަވަނީ ދެއްކުންތެރިންނޯ!
ތިޔައީ ތުންތަޅުވާފައި
ތީ ދޯ މީހުންގެ އަބިން ސެޓްނުވެގެން އުޅޭ ޝަމީމް އަކީ
މީހުންގެ އަނބިންނެއްނޫން ނިއު ކުދިން ވޭ، ދެން ކީ ކުރަން ޔޫސްޑް އަށް ދަނީ، ލިބިފަ ހުނަރު ފެނި ހުސް ބްރޭޑް ނިއު،