މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލައިފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔަމީން ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.

ޔާމީން ފުލުހަށް ހާޒިރުކުރު ކޮށްފައި ވަނީ މިއަދު މެންދުރު 1:30 ގައެވެ. މިއީ ފާއިތުވި ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާ ހަތަރު ވަނަ ފަހަރެވެ.

ޔާމީންގެ ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލު އަހުމަދު އިއްޔެ ކުރެއްވި ޓްވީޓެއްގައި، ޔާމީން ފުލުހަށް ހާޒިރުވާން އެންގުމުން ޖަމީލު ވަނީ ގިނަ ސުވާލުތަކެއް ކަމާބެހޭ ފަރާތްތަކަށް ކުރިމަތިކުރުވާފައެވެ.

އެގޮތުން ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އަންގާފައިވާއިރު، މިއީ ކިހާ ވަރެއްގެ ރައްކާތެރިކަމާ އެކު ކުރާ ކަމެއްތޯ އާއި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާއިރު، މިއީ ކިހާ ޒިންމާދާރުކަމެއްތޯ ޖަމީލު ސުވާލުކުރެއްވިއެވެ.

ފުލުހުން ވަނީ މީގެކުރިން ވެސް ޔާމީން ދެ ފަހަރެއްގެ އެ އިދާރާ އަށް ހާޒިރުކޮށްފައެވެ. އެގޮތުންް އެ ފަހަރު ހާޒިރުކޮށްފައިވަނީ ޔާމީން 1.4 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގަށެވެ.

ޔާމީންގެ އިތުރު ތަހުގީގުތަކެއް ފުލުހުން ފަށާފައިވާއިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިހާރުވެސް އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.