ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަަލައި ފާސްކުރުމަށް ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަަށައިފިއެވެ.

ކަސްޓަމްސް އިން ބުނީ، ދެ ޖިންސުގެ ދެމެދުގައި ޒަމާނުއްސުރެއް އޮތް ތަފާތު ނައްތާލައި، މިކަން އިފްތިތާހް ކުރީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަަލައި ފާސްކުރުމަށް ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވުން އިފްތިތާހް ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.

ދުވަހުގެ ޝިއާރެއްގެ ގޮތުގައި "ޖީލުގެ ހަމަަހަމަ ކަމަށް އަަހަރެން: އަންހެނުންގެ ހައްގުތައް ދެނެގަތުން" މި މައުލޫއަށް ވާހަކަ ދައްކަވަމުން މިނިސްތރަު އައިޝާ ދިދީ ވިދާޅުވީ، މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ އަނހެން މުވައްޒަފުންނަށް ތަފާތު ކުރުމެއް ނެތި މުދާ ދުކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތަށް ކަސްތަމްސް އިން ނިންމި ނިންމުމަކީ މިންތީގެ ތަފާތުކުރުން ނައްތާލުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ހަަމއެއާއެކު ކަސްޓަމްސް ނަމޫނާއެއްގެ ގޮތުގައި ބަލައިގެން އެހެން އިދާރާތަކުންވެސް މިނިްތީގެ ހަމަހަމަކަން ގާއިމްކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް ޖެންޑާ މިނިސްޓަރަު އިލްތިމާސްކުރެއްވިއެވެ.

ކަސްޓަމްސްއިން ބުނީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމައްޓަކައި ކަސްޓަމްސްގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރި ކަމަށެވެ.