ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޑރ. މުއިއްޒު ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވާފައެވެ. އަދި ލަތީފުގެ ފޯމު މާދަމާ ޕީޕީއެމްއިން އިލެކްޝަނަށް ހުށަހަޅާނެއެވެ. ލަތީފަކީ އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ބޭފުޅެކެވެ.

ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވާ ފޯމު ހުށަހަޅުއްވާފައިރު ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލާގައި މުއިއްޒުގެ މައްސަލަ ސެޓްލްމަންޓު ކޮމެޓީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެހާ ބޮޑު އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ނޫމަޑިއަށް ދޭންޖެހުނީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާން ބަދަލު ކުރެއްވުމުންނެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ޑރ. މުއިއްޒު ކުރިމަތިލައްވާއިރު އެމްޑީޕީގެ ޕްރައިމަރީން މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކުރައްވާފައިވަނީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އައްޑު ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީން އިންތިހާބު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.