އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޖުމްހޫރީ ޕާޓީން ބާއްވާ ޕްރައިމަރީގައި ވޯޓު ލުމަށް ހުޅުވާލާފައިވާ ވަގުތު އިތުރުކޮށްފިއެވެ.

ޖޭޕީން ބުނީ، ވޯޓުލުމަށް ހުޅލުވާލާފައިވާ ގަޑި އިތުރުކޮށްފައި ވަނީ ޕްރައިމަރީގައި ވޯޓު ލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާން ކައިރިއިރު ވެސް ގިނަ އަދަދެއްގެ މެންބަރުން ވޯޓުލުމަށް ކިއޫގައި ޖެހިފައިވާތީ ކަމާށެވެ. ވޯޓުލާ ގަޑި އިތުރުކޮށްފައި ވަނީ މިރޭ 9:00 ގެ ނިޔަލަށެވެ.

ޖޭޕީން ބުނީ، އެ ޕާޓީގެ ޕްރައިމަރީގެ ހުރިހާ ވޯޓު ފޮށްޓެއްގެ ވެސް ކިއޫ ބަންދު ކުރާނީ މިރޭ 9:00 ޖަހާއިރު ކަމަށެވެ. އަދި މިފަދައިން ނިންމީ، ޕާޓީގެ އިލެކްޝަން އެންޑް ކެމްޕޭން ކޮމިޓީއާއި ކޮމްޕްލެއިންސް ބިއުރޯއާއެކު ބޭއްވި ޖޮއިންޓް މީޓިން އަކަށް ފަހު ކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ

މި އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި ޖޭޕީ އިން ވާދަ ކުރުމަށް ހަމަޖެހިފައި ވަނީ ހަ ދާއިރާއަކުންނެވެ. އެއީ:

  • ރަށު ކައުންސިލް
  • ރަށު ކައުންސިލްގެ ރައީސް
  • އަތޮޅު ކައުންސިލްގެ ރައީސް
  • ސިޓީ ކައުންސިލާ
  • ސިޓީ ކައުންސިލުގެ ރައީސް
  • އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމެޓީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް ހަތަރުވަނަ ދުވަހު އެވެ. މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ވަނީ ހާއްސަކޮށްފައެވެ.