ލަންކާގައި އުސް އިމާރާތެއްގެ މަތިން ދިވެހި ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ. އެކުއްޖާއަށް މިހާރު އަންނަނީ ލަންކާ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި ބުނީ މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެކުއްޖާއަކީ ކިހާ އުމުރެއްގެ ކޮން ރަށެއްގެ ކުއްޖެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއްވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެކުއްޖާ ލަންކާގައި ދިރިއުޅެމުން ގެންނަނީ އާއިލާއާ އެކުގައެވެ.

ދާދިފަހުން މެލޭޝިއާގައިވެސް ކުޑަ ފިރިހެން ކުއްޖަކު އިމާރާތަކުން ވެއްޓި ވަނީ މަރުވެފައެވެ.