ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ "ގޯލްޑް 100" ގެ ޕްލެޓިނަމް ފާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް ވަނީ ކަނޑައަޅާފައި ކަމަށެވެ. އެ އެވޯޑް ލިބޭ ފަރާތްތައް އާންމު ކުރެވިގެން ދާނީ މިމަހުގެ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގަލާ އިވެންޓުގައި ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
އެ ސްޕޮންޝަރޝިޕް އާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރު ކުރަމުންދާ ކަމަށާއި އެ ލިބުން ޕާޓްނާޝިޕަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ އައްޑޫ ސިޓީ، ހުޅުމާލެ އަދި މާލޭގައި 3 ބިޒްނަސް ސެންޓަރު ހުޅުވާފައެވެ. އެ ބިޒްނަސް ސެންޓަރުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ރިލޭޝަންޝިޕް މެނޭޖަރުން ވަނީ ހަމަޖައްސާފައެވެ.
ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ފޭކް އެވޯޑްތަކެއް. މުޅިން އަގުވެއްޓިފަ އޮތީ މިހާރު ތިހެން ލިބޭ އެވޯޑްތަކުގެ. ލާރި ގިނައިން ދިން ބަޔަކަށް އެވޯޑު ލިބޭނެ. ރާއްޖޭގައި މެރިޓް ބޭސްޑް ކޮށް ދޭ ހަމައެކަނި އެވޯޑަކީ ގައުމީ އިނާމު. އެވެސް ގޯސްވާ ތަންކޮޅަކީ އަމިއްލައަށް އެޕްލައި ކުރާމީހުންނަށް ދޭކަން. ދެން 100 ވިޔަސް އަދި 200 ވިޔަސް އެދެނީ މުޅިން ކޮމާޝަލީ އެ އިންތިޒަަމްކުރާ ކުންފުންޏަށް އެންމެ ނަފާ ބޮޑުވާގޮތަށް ދޭ އިނާމު. ކުންފުނިތައް ބައިވެރިވަނީ ޕޯޓްފޯލިއޯ މުއްސަނދިކުރުމަށް. އެމީހުންނަށްވެސް އެނގޭ މިއީ ބެބޫ ހެއްދުންކަން. ތިޔަ ސަނީ އުމަރާ ހައިރައިޒް އިއްސޭ ފަދަ މީހުންނަކީ މީހުން ބެބޫހައްދައިގެން ދިރިއުޅޭ މީސްމީހުން
ވަރަށް ބޮޑު ތެދެއް. އަހަރުމެން ނުބަލަން ތިޔަ އިނާމުތަކަކީ ސައްހަ އެއްޗެއް ކަމަކަށް.