މިއީ ދުވާލުކަން ޔަގީންވާ ފަދައިން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ކުށެއްނެތް ކަން ފަނޑިޔާރުން ގަބޫލު ކުރައްވަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ކޯޓްތަކުގައި ތިއްބެވީ ﷲއަށް ބިރުވެތިވާ ފަނޑިޔާރުން ކަމަށް ވާނަމަ މިއީ ދުވާލުކަން ޔަގީންވާ ފަދައިން ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކުށެއް ނެތްކަން ގަބޫލު ކުރައްވާނެ ކަމަށެވެ.
"ގާނޫނުތައް ހިތުހުރި ގޮތަކަށް މާނަކޮށް ދައުލަތުން ރައީސް ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވެފައި ވާއިރު، އިދިކޮޅު ފަރާތްތައް ކުރިއަށްދާނެ މަގުތައް ބެދިފައިވާ ކަމަށާއި މިހާރު މިއޮތް ހާލަތުން ކުރިއަށް ދެވޭނީ އެހެން ވިސްނުމެއް ނެރެވިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސް ޔާމީން މިނިވަންކަމާއެކު ހުންނެވިނަމަ އިދިކޮޅު ކުރިއަށްދާނެ މަގު ދައްކަވާނެ ކަމަށާއި ނަމަވެސް މިއަދު އެހާލަތުނެތް ކަމަށްވެސް ވިދާޅުވެފައެވެ.
"ރައީސް ޔާމީން މިނިވަންވާނެ ކަމަކަށް އަޅުުގަނޑު ގަބޫލެއް ނުކުރަން، ރައީސް ޔާމީން މިނިވަން ކަމާއެކު ހުންނަވައިފިނަމަ އަޅުގަނޑުމެންނަށް މަގު ދައްކަވާނެ، ކުރިޔަށް ދާންވީ ގޮތް ކިޔައިދެއްވާނެ އަދި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ސިޔާސަތަށް ލޯބިކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ކަމަކަށް ވެގެން ދާނެ، އެހެން ނަމަވެސް އެހާލަތެއް މިއަދަކު ނެތް،" ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމާއެކު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިހާރު ވަނީ އެހުރިހާ ކަމެއް މުޅިންހެން ހުއްޓި އިދިކޮޅުގެ އަޑު މަޑުވެފައެވެ.
ހާމާނުވެސް ބުނޭ ފިރުޢަނުވެސް ރަގަޅޭ އެކަހަލަ ވާހަކަ ތިދަށްކަނީ އަމިއްލައަށް އެއްބަސްވީ ގެއަށް ވަންނަނީ ހަލާލު ލާރި ނޫންކަމަށް ދެން ކީކޭ ތިކިޔަނީ އެއީ ކުއްވެރިއެއް ...ލލލ ލލލ ލލލ...