ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމަން އަދި 45 މިލިއަން ޑޮލަރު ބޭނުންވާނޭ ކަމަށް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، އެ އިމާރާތްތަކުގައި މިހާރު ކުރަމުންދަނީ "ފިނިޝިން" ގެ މަސައްކަތް ކަމަށެވެ.

އަދި ކުރީގެ ސަރުކާރުން ހަދާފައިވާ ޕްރޮޖެކްޓްގައި ވާގޮތުން ފްލެޓްތަށް ނިމޭއިރު އެއްވެސް ތަނެއްގައި ޓައިލްސް ޖެހުމެއް، ކުލަލުމެއް، އެތެރޭގެ އެއްވެސް ދޮރެއް ނުހިމެނޭ ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ "ފިނިޝިން" ހަދާ ނަމަ 45 މިލިއަން ޑޮލަރު އިރުރަށް ބޭނުންވާ ކަމަށާއި މިހާރު ލޯނުގެ ކަންތަށް ކުރަމުން ދާ ކަމަށެވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތަށް ނުނިންމާ ރައްޔިތުންނަށް ހަވާލު ކޮށްފި ނަމަ އެ ސަތަހައްދަކީ މީހުން ދިރިއުޅެން އެކަށިީގެންވާ ސަރަހައްދަކަށް ނުވާނެކަންވެސް ސުހައިލް ފާހަގަ ކުރެއްވިއެވެ. "ފިނިޝިން" ގެ މަސައްކަތްތަށް ނިންމާ ފްލެޓްތަށް ހަވާލު ކުރެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް ހިސާބު ކަމަށްވެސް ސުލައިލް ވިދާޅުވިއެވެ.

އަޅުގަނޑުމެން ގަބޫލެއް ނުކުރަން ފިނިޝިން ނުނިންމާ މީހުންނަށް ހަވާލް ކުރަން ދޫކޮށްލާކަށެއް. އެހެން ހަދައިފި ނަމަ އެތަން ވާނީ ފުރަތަމަ ކޮންސްޓްރަކްޝްން ސައިޓަކަށް. ލިފްޓުން މީހުން ޓައިލްސް ނަގާ ސިމެންތި އުފުލުންފަދަ ކަންތަށް ކުރާނެ.
އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ގެނެސް ތިން ކޮޓަރީގެ އެޕާޓްމެންޓްތަށް ދެ ކޮޓަރިއަށް ބަދަލު ކުރަން ވާހަކަ ދެކެވުނު ނަމަވެސް ފަހުން ސަރުކާރުން ވަނީ ބަދަލު ނުގެންނަން ނިނަމާފައެވެ.

މިކަމާ ގުޅުގެން ސުހައިލް ވިދާޅުވީ މިހާރު ފްލެޓްތަކުގެ ސްޓްރަކްޗާ ހުރިގޮތުން ގްރައުންޑްފްލޯގައި އެއްވެސް އެޕާޓްމެންޓެއް ނުހުންނާނެ ކަމަށެވެ. އެތަނުގައި ހުންނާނީ ކޮމާޝަލް ކަންތަށްތަށް ނުވަތަ ކުދި ވިޔަފާރިތަށް ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

ޑިޒައިނަށް ބަދަލު ނުގެންނަން ނިންމީ މަޝްވަރާ ކުރަމުން ދިޔައިރު، ލިބުނު ހިޔާލުތަކަށް ބެލުމަށް ފަހު ކަމަށާއި ފްލެޓުގެ އަދަދު ބޮޑުތަނުން މަދުވާން ބައެއް މީހުން ބޭނުން ނުވާތީ ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު ފްލެޓްތައް އެގޮތަށް ބަހައްޓަން ހިޔާލު ލިބިފައިވާތީ ކަމަށްވެސް ސުހައިލް ވިދާލުވިއެވެ.

ދެކޮޓްރީގެ އެޕާޓްމެންޓް ގެ ބަދަލުގަ 3 ކޮޓްރީގެ އެޕާޓްމެންޓް ހަދޭނެ ގޮތެއް ވޭތޯ ބެލިން. ނަމަވެސް އެތަނުގެ ސްޓްރަކްޗާ ހުރި ގޮތުން އެހާ ފީސިބްލް ނޫން ބަދަލް ތަކެއް ގެންނާކަށެއް. ސްޓްރަކްޗާ ހުރި ގޮތުން 2 ރޫމް ގެ 2 އެޕާޓްމެންޓް އެއްކޮށްލައިގެން 3 ރޫމް ގެ އެޕާޓް މެންޓެއް ހަދަން. ކޮޓްރި ބޮޑެއް ނުކުރެވޭ. ކޮޓަރީގެ ފާރު ހުންނަނީ ސްޓްރަކްޗާ އާއި އެއްކޮށް ކޮންކްރީޓް ކޮށްފަ. އެހެންވީމަ ފާރު ތަޅާލައިގެން ބޮޑުކުރެވޭނީ. ކޮޓަރި ބޮޑެއް ނުވޭ. 2 އެޕާޓްމެންޓް އެއްކޮށްލައިގެން 3 ކޮޓަރީގެ ތަނެއް ހެދޭނީ. އެކަމަކު އޭރަށް އަގު ޑަބަލް ވޭ.
އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން މި ސަރުކާރުން ވިސްނީ ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރުމަށެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެކަމަށެވެ. ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.