ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އިޔާ އެންޑް ސޭލް އިފްތިތާހު ކޮށްފިއެވެ.

އެސްޓީއޯގެ އިޔާ އެންޑް ސޭލް އިފްތިތާހުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ މުހައްމަދު މުރާދުއެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކީ އައިފޯން 11އެކެވެ. މި އަހަރުގެ އިޔާ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑިވިއަންއެވެ.