ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުން އަނެއްކާވެސް ގައްޒާއަށް އުދުވާނީ ހަމަލާތައް ދޭން ފަށާ، ފަލަސްޠީނުގެ 10 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ އުދުވާންތަކުގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރު ބަހާ އަބޫ އަލް-އަތޯވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އަވީވް ކޯޗާވީ/ފޮޓޯ: އާބިރު ސުލްތޯން

އިސްރާއީލުގެ އުދުވާންތަކާއެކު ގައްޒާއިންވެސް އިސްރާއީލަށް ހަމަލާދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއާއިއެކު އިސްރާއީލާ ގައްޒާއާއި ދެމެދު އިތުރު ހަމަލާތަކެއް ބަދަލުކުރަން ފަށާފާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ގައްޒާއަށް ހަމަލާދިނުމަށްފަހު އިސްރާއީލުން ފޯރިމަރަނީ/ފޮޓޯ: ފާއިޒު އަބޫ ރަމްލީ

އިސްރާއީލުންވަނީ ނޮވެމްބަރު 12 ވަނަ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ނިޔަލަށް، ގައްޒާއާއި ކައިރި ހިސާބުތަކުގައި ސްޓޭޓް އޮފް އެމާޖެންސީ އިއުލާންކޮށްފައެވެ.

ގައްޒާ ސީޓީގެ މަލަމަތިން 14 ވިލޭރޭގެ ހަނދު އަރަނީ/ފޮޓޯ: އަޝްރަފު އަމްރާ

އުރުދުންއިންވަނީ އިސްރާއީލުން ގައްޒާއަށް އަމާޒުކޮށް އަލުން ދޭންފެށީ ހަމަލާތައް ކުށްވެރިކޮށްފައެވެ. މީގެ އިތުރުން މިފަދަ ހަމަލާތައް ހުއްޓާލުމަށް ޖަރުމަނުވިލާތުންވެސް ވަނީ ގޮވާލާފައެވެ. ކަންމިހެން އޮތްއިރު މިސްރުން ދަނީ އިސްރާއީލާ ގައްޒާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.