އުރީދޫ މޯލްޑިވްސްއިން ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ހާއްސަ ފައިދާތަކާ އެކު، މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފް ކޮށްފިއެވެ.

ރާއްޖޭގެ އެންމެ ހަލުވި 4ޖީ ނެޓްވޯކުގައި މޮބައިލް އިންޓަނެޓް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އުރީދޫ އިން އިތުރު ފުރުސަތުތަކެއް ހުޅުވާލި މި އާ ޑޭޓާ ޕްލޭންތަކަކީ އުރީދޫގެ ކަސްޓަމަރުންގެ ބޭނުންތަަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށް އުރީދޫން ބުނެއެވެ.

އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް އެކުލެވޭ އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކަށް ވަނީ ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މިއަދު ތައާރަފުކުރި ޑޭޓާ ޕެކޭޖްތައް އުރީދޫ އެޕްގައި ހިމަނާފައިވާ މަގޭ ޕްލޭން ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ގޮތަށް އެލަވަންސް، ފްރީ މިނެޓްސް އަދި މުއްދަތު ހިޔާރުކޮށް، އަމިއްލަ އަށް ޕްލޭންތައްވެސް ފަރުމާކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، އުރީދޫގެ މޮބައިލް އިންޓަނެޓް ބޭނުންކުރާ ކޮންމެ ބޭފުޅެއްވެސް ހިތްހަމަޖެހޭފަދަ، ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް، ފެށުނީއްސުރެ ހާއްސަ އިސްކަމެއްދެން ދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ދިވެހިން މޮބައިލް އިންޓަނެޓްގެ ހިދުމަތް ހޯދާ ނެޓްވޯކްއަށް އުރީދޫވުމުގެ ފަހަތުގައިވާ އެންމެ މުހިއްމު ސަބަބަކީ އެއީ ކަމަށް ނަޖީބު ހާން ވިދާޅުވިއެވެ.

އެއްދުވަހުން އަނެއް ދުވަހަށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަދު މި ތައާރަފް ކުރެވިގެން ދަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށްފައިވާ މުޅިން އައު ޑޭޓާ ޕްލޭންތަކެއް ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

މަންތްލީ، ވީކްލީ އަދި ޑެއިލީ ޑޭޓާ ހިމެނޭގޮތަށް އަލަށް ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު އުރީދޫ ވެބްސައިޓު www.ooredoo.mv/data ގައި ހިއްސާކޮށްފައި ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.