އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާ ދެކޮޅަށް މާލޭގައި އިހުތިޖާޖު ކޮށްފިއެވެ.
މިއަދު ހަވީރު މާފަންނު ރަސްފަންނު ސަރަހައްދުން ފެށި މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެއެވެ. އިހުތިޖާޖުގެ ބައިވެރިންގެ އަތުގައި އެމްޑީއެންއާ އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓާއި ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތައްވެސް ހުއްޓެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖުގެ ބައިވެރިން މަގުތަކުގައި ހިނގާލުމަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މިއީ އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދާ ދެވަނަ އިހުތިޖާޖެވެ.
ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތަކުގައިވެސް އަންނަނީ އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް އެއްވުންތައް ބާއްވާ ރައްޔިތުން ޝުއޫރުތައް ފާޅު ކުރަމުންނެވެ. އަދި 70އަށްވުރެ ގިނަ ކައުންސިލްތަކުން ވަނީ އެ ޖަމިއްޔާގެ ރިޕޯޓާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅަކީ ހިޔާލީ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ.
މިއަދު މާލޭގައި ކުރި އިހުތިޖާޖުގައި އަޑުހަރުކޮށް ވާހަކަ ދައްކާ އެއްވެސް އިލްމުވެރިއަކު ނުފެންނަކަން ފާހަގަ ކުރެވެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ ހާލަތު: 1. ލައިވް އެއްވެސް ޕްރޮގްރާމަކަށް ސޭހުން އެރުވުން ވަނީ ރައީސް އޮފީހުން މަނާކޮށްފަ. ދީނީ ލައިވް ޕްރޮގްރާމަތަށް ވަނީ ހުުއްޓާލަން އަންގައި ހުއްޓުވާފަ. ސަބަބަކީ އެމްޑީއެން ރިޕޯޓް ކުއްވެރިކޮށް ވާހަކަ ދައްކަފާނެތީވެ. 2.ދީނީ ޕްރޮގްރާމް ގެނެވޭނީ ކުރިން ރެކޯޑްކޮށް ރައީސް އޮފީހުން ހުއްދަ ދިނުމުންކަމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފައި. 3.އެމްޑީއެން ރިޕޯޓާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުން ބޭއްވި ނިވްސް ކޮންފަރެންސް ލައިވް ކުރަން ގޮސްތިބި ޕީއެސްއެމް ގެ ޓީމަށް ލައިވް ނުކުރަން އަންގައި އަދި އެއްވެސް އެހެން މީޑިއާއަކަށް ލައިވްފީޑް ދީފަ ހުރިތޯ ޗެކްކުރުމަށް ރައީސް އޮފީހުން ޕީއެސްއެމްގެ ޑީއެމްޑީއަށް ވަނީ އަންގާ އެކަން އެގޮތަށް ކުރުވާފައި. 4.ޕީއެސްއެމް އެމްޑީ ގެނައި ޖެނީވާގައި އުޅޭ ދިވެހި އަންހެނަކު ހިއުމަންރައިޓްސްގެ ނަމުގައި މުވައްޒަފުންނަށް ބޭއްވި ސެސަނެއްގައިވަނީ އިސްލާމް ދީނާ ހިލާފް އެތަށް ކަމެއް އެއީ އިންސާނީ ހައްގުތަށް ކަމަށް ބުނެ އެކަން ކަމަކީ ރަނގަޅުކަންކަން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައި މިކަމާ ސްޓަފުން ހިތްހަމަ ނުޖެހުމުން ވަނީ އަވަހަށް ބުރޭކް ނަގައި ދިޔަގޮތަށް އެނބުރި ނައިސްފަ. މިކަމަކީ ވަރަށް ކުއްލިއަކަށް ހަމަޖެހި ކޮންމެ ޑިޕާޓްމެންޓަކުން މަދުވެގެން 5 މީހުން ބައިވެރި ކުރަންޖެހޭނެ ކަމަށާ ހާޒިރީ ބެލޭނެ ކަމަށް ވެސް ޑިޕާޓްމެންޓް ތަކުގެ ވެރިންނަށް އަންގާފައި. 5.ޕީއެސްއެމްގެ ހެޑްއޮފް ޑިޕާޓްމެންޓް ގެ ބައްދަލު ވުމެއްގައި އެމްޑީ ވަނީ ދީނީ ޕްރޮގްރާމް ތަކަކީ މުހިއްމު އެއްޗެއް ނޫންކަމަށް ބަލާނެ މީހުން ނުތިބޭކަމަށާ ސްޕޮންސަ ނުލިބޭކަން ދޭހަވާގޮތަށް ވާހަކަ ދައްކާ.ޕީއެސްއެމް ހުރިހާ ޗެނަލަކުން ހުކުރު،އީދު ނަމާދު ލައިވް ކުރަން ނުޖެހޭކަން އަންގައި އެގޮތަށް އަމަލު ކުރަން ފައްޓާފައި.
މީ ހަގީގީ 100% ތެދެއް
އެމްޑީއެންގެ ރިޕޯޓާ އެއްކޮޅަށް މުޒާހަރާކުރާނަމަ ކުރީސަފުގައި ރައީސް ސާލިހް އާއި ނަޝީދުހުންނާނެ އަދި އިމްރާނާމަޙުލޫފުވެސް ހުއްނާނެ.