ސުޕަ ކަޕް ނޫޑްލްސްގެ އަލަށް ތައާރަފް ކުރެވުނު ރަހަތަކާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސުޕަމާޓުން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ދިވެހިންގެ މެދުގައި މަގުބޫލް ކަޕް ނޫޑްލްގެ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ކަމަށެވެ.

ސްކްރެޗް އެންޑް ވިން ޕްރޮމޯޝަނެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ކަޕް ނޫޑްލްސް ތައްޓެއްގައިވާ ކާޑްގައި އިނާމެއް ހިމެނިފައިވާނެއެވެ. އެސްޓީއޯއިން ބުނީ އެ އިނާމުތަކުގެ ތެރޭގައި ވާވެއި މޮބައިލް ފޯނާއި ގޭތެރޭގެ ހިފާގެންގުޅޭ ސާމަނާއި، ބަދިގެ ސާމާނުގެ އިތުރުން ކަޕް ނޫޑްލް ކޭހާއި ކަޕްނޫޑްލް ތަށި ހިމެނޭނެ ކަމަށެވެ.

މި ކަޕްނޫޑްލްގެ ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.