ރާއްޖޭގައި ކޮންމެ ވެރިކަމެއް އޮތް ކަމަށްވީ ނަމަވެސް ރާއްޖެއަށް ޗައިނާ ސަރުކާރާއި ރައްޔިތުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލައްވާ ފުރާވަޑައިގަތުމުގެ ކުރިން ދެއްވާފައިވާ އިންޓަވިއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަކީ ދިވެހިންނަށް ހާއްސަ އިހުތުރާމަކާއި ލޯތްބެއް ދެމުން ގެންދާ ބައެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އޭނާގެ މި ދަތުރުގައި ރާއްޖޭގައި ތަރައްގީގެ އެކިއެކި މަސައްކަތް ކުރަމުން ގެންދާ ޗައިނާ ކުންފުނިތަކާއިވެސް ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކި ސަބަބުތަކާއި ހެދި މަޑުޖެހިފައިވާ އެ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް މި ދަތުރުގައި މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް ޗައިނާއިން ފަސޭހައިން ވިސާ ލިބޭނެގޮތް ހިދުމަތްވެސް އެ ދަތުރުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. މިހާރުވެސް ޗައިނާގެ ރައްޔިތުންނަށް މިހާރުވެސް ފަސޭހަ ކަމާއެކު ރާއްޖެއަށް ޒިޔާރަތް ކުރެވޭ ކަމަށާއި ނަމަވެސް ދިވެހިންނަށް ޖެހެނީ ޗައިނާ އެމްބަސީން ވިސާ ނަގައިގެން އެގައުމަށް ދާންކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ތިން އެއްބަސްވުމެއްގައި ޗައިނާއާ އެކުގައި ސޮއިވެސް ކުރައްވާފައެވެ. އެ ތިން އެއްބަސްވުމުގައިވެސް ސޮއި ކުރެއްވީ މިނިސްޓަރު ޝާހިދެވެ.
މި ޝާހިދު ވަރުގެ ލަދުޙަޔާތްކުޑަ އިންސާނެއް ދުށިންތަ.