އުއްމީދު ކޮށްގެން ގެނައި ސަރުކާރުގެ ފަރާތުން ނާއުއްމީދުކަން ލިބިގެން ދާތީ ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަފުޅު ދައްކަވާފައިވާތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ޖަމީލަށް ފާޑު ވިދާޅުވެއްޖެއެވެ.
ސަރުކާރު ޒިންމާދާރުކޮށް ޕީޕީއެމްގެ ތާއީދު އިތުރު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އަރިއަތޮޅަށް ފެއްޓެވި ދަތުރުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެފައިވާ ކަމަށެވެ. ޖަމީލުގެ އެ ވާހަކަތަކަށް ފާޑު ވިދާޅުވެ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާއިބު ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު މަޖިލިސް އިންތިހާބަށް ނިކުމެވަޑައިގެން 200 ވޯޓު ލިބިގެން ދިއުމަކީ ޑރ. ޖަމީލު ގޮތް ހުސްވާނެ ކަމެއް ކަމަށެވެ. މަހުލޫފު އިޝާރާތް ކުރެއްވީ ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވިލި މާލެ ދާއިރާއަށް ކުރިމަތި ލައްވައިގެން ޖަމީލަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަންް ޖެހިވަޑައިގަތުމުންނެވެ.
ޖަމީލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި އިރު ރާއްޖޭން ބޭރުގައި ހުންނެވި ބޭފުޅެކެވެ. ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސަކަށް ހުންނެވި ޖަމީލުގެ މައްޗަށް ތަފާތު އެކި ތުހުމަތުތައް ކުރައްވާ މަޖިލިސް ތެރެއިން އޭނާ ވަނީ ނާއިބު ރައީސް ކަމުގެ މަގާމުން ދުރު ކޮށްފައެވެ. އެކަމާ ހިތްޕުޅު ހަމަނުޖެހި ޖަމީލު ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް އެކި ފޯރަމްތަކުގައި ފާޑު ވިދާޅުވެފައެވެ.
ޖަމީލް ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން މި ފެއްޓެވީ ޕީޕީއެމް ވަރުގަދަ ކުރުމަށް އެޕާޓީއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިތާ މާގިނަ ދުވަސްތަކެއްވެސް ނުވަނީހެވެ. ޖަމީލް ރައީސް ޔާމީނާ އެކު ރަށްރަށް ދަތުރު ކުރައްވަން ފެއްޓުމުން ޖޭޕީން ވަނީ ޖަމީލު އެޕާޓީގެ ސުލޫކުތަކާއި ހިލާފު ވެފައިވާ ކަމަށްވެސް ބުނެފައެވެ.
އަވަށު ކުދިން ކޮޅަށް ލަޑުދިން މީހާ މާބޭކާރު ވާހަކަނުދައްކާ ރީލޯޑް ކޮށްލައި ގެން ފަހުދުވަހަށް ތައްޔާރުވޭ ޖަހަންނަމަ ކެކިއަރަނީ ކަލޯމެން ގެ އިންތިޒާރުގަ ﷲ ގެ ހެޔޮރަހުމަތުން އިންސާފު ލިބޭނެ