އދ. މަހިބަދޫން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީކަހު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދޭ ގޮތުގައި މަހިބަދޫގެ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެ މި މަހުގެ 15 ވަނަ ދުވަހުގެ 17:46 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވަގަށް ނަގާފައިވާ ފައިސާ ފޮރުވާފައި ވަނިކޮށް، ހޯދާފައި ވާކަމަށް ފުލުހުން ބުނެއެވެ. މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނުތާ 7 ގަޑިއިރާއި 30 މިނަޓުގެ ތެރޭ ވަގަށް ނަގާފައިވާ ފައިސާ ހޯދާފައި ވާކަމަށް ފުލުހުން ބުނެއެވެ. މި މީހާ ވަގަށް ނަގާފައި ވަނީ -/46،000 ރުފިޔާއާއި، 84 ޔޫއެސް ޑޮލަރެވެ. މި މައްސަަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ރާއެޖޭގައި ވަށްކަމާ ފޭރުން ދަނީ ގިނަވަމުންމެވެ. އެގޮތުން ރޭގެ ވަގުތެއްގައިވެސް މާލޭގެ މަގުމަތިން ބިދޭސީއަކު ހިނގާފައި ދަނިކޮށް، ސައިކަލަކު ދުއްވާފައި ދިޔަ ދެމީހަކު އޭނާގެ ފޯނު ފޭރިގަނެފައި ވެއެވެ. އަދި މީހަކަށް ބިރުދައްކައިގެން އޭޓީއެމަކަށް ގެންގޮސްވެސް ލާރިކޮޅު ފޭރިގެންފައި ވެއެވެ.