މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުލެއަށް ކުރާ ބަސް ދަތުރުތައް އިތުރުކޮށްފި އެވެ.

އެމްޕީއެލް އިން ބަސް ދަތުރުތައް އިތުރުކޮށްފައި ވަނީ މާލެ އަދި ހުޅުމާލެއިން ހުޅުލެއާއި ދެމެދުކުރާ ބަސް ދަތުރު ތަކެވެ. މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މާލެ އަދި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ބަސްތައް އެއާޕޯޓުގެ ފުރާ ގިމަތަ ދޮރުމައްޗަށް މަޑުކޮށް ފަސިންޖަރުންނާއި ލަގޭޖު އަރުވާ ބާލާނެ ބަސް ސްޓޮޕެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް މާލެއާއި ހުޅުމާލޭގެ ބަސް ސްޓޮޕްތަކަށް މަޑުކޮށް މީހުންނާއި ލަގޭޖު އެރުވޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ކުރިން އޮތް ގޮތުންނަމަ ފަސެންޖަރުންގެ ލަގެޖު އެރުވުމާއި ބޭލުމުގެ ކަންކަން ކުރެވޭނީ ހަމައެކަނި މެއިން ބަސް ޓަރމިނަލުންނެވެ. ނަމަވެސް މިބަދަލާއިއެކު ވަށަމަގުގައި ހުރި ހުރިހާ ސްޓޮޕްތަކަށް ބަސް ހުއްޓައި، ބަހުން ލަގެޖު ބޭލުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ.

މީގެ ކުރިން ބަސް ދަތުރުތަށް އޮންނަނީ ކޮންމެ އެއްގަޑި އިރުންނެވެ. ބަހުގެ ހިދުމަތް މިހާރަށްވުރެން އިތުރު ކުރުމަށް އެމްޕީއެލްއިންވަނީ މާލެއާއި ހުޅުމާލެއާދެމެދު ކޮންމެ 30 މިނެޓަކުން 30 މިނެޓަށް ބަސް ދަތުރު ކުރުމަށް ނިންމާފައެވެ.