މިނިސްޓްރީ އޮފް ފްރިން އެފެއާޒްގެ އޮފީސް އިމާރާތް މަރާމާތު ކުރުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިކަމާއި ގުޅިގެން ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮން އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމުގެ ޕްރޮޖެކްޓް އެއްބަސްވުމުގައި ސޮއެކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި އެއްބަސްވުމުގެ ދަށުން އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށްވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން މި މަސައްކަތް ނިމުމުން ފޮރިން މިނިސްޓްރީގެ އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ.