ސައޫދީ އަރަބިއްޔާގައި ތިބި އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ގުޅުމަށް ހާއްސަ ޕެކޭޖެއް އުރީދޫއިން ތައާރަފު ކޮށްފި އެވެ.

އުރޫދޫއިން ބުނީ މި ޕެކޭޖާއެކު ތައާރަފު ކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގައި ތިބި އާއިލާ އަދި ރަށްޓެހިންގެ ހާލު މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ބެލޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. އުރީދޫއިން ތައާރަފު ކޮށްފައިވާ މި ޕެކޭޖުން އެންމެ 150 ރުފިޔާ އަޅައިގެން ވައިބާ، ވަޓްސްއަޕް އަދި އައިމޯ ބޭނުން ކުރުމަށް 2 ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި ޑޭޓާގެ އިތުރުން ސައޫދީ އަރަބިއްޔާއަށް ގުޅާލުމަށް 75 މިނެޓުގެ ލިބޭނެކަމަށް ވެސް އުރީދޫއިން ބުނެއެވެ.

މިދުވަސްވަރަކީ ހައްޖު މޫސުން ކަމަށް ވެފައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އުރީދޫއިން ތައާރަފު ކުރި މި ޕެކޭޖާއެކު ސައޫދީ އަރަބިއްޔާގައި ތިބި ފަރާތްތަކަށް އެންމެ ހެޔޮ އަގުގައި މުއާސަލާތު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.