ޑެންގީ ހުން ޖެހުނު 9 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވީ ކުއްޖާއަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ތެލެސީމިއާ ކުޖެކެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން ހަމަޖެހިފައި ވަނީ މެންދުރު ނަމާދަށް ފަހ އާސަހަރާ މިސްކިތުގައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އެހެން ނަމަވެސް އައިޖީއެމްއެޗް އިން ބުނީ އަދި މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ކުރީކޮޅާ އަޅާ ބަލާއިރު މިހާރު ޑެންގޫ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު މަދެވެ. 2016 ވަނަ އަހަރު ވަނީ ޑެންގޫ ޖެހިގެން 7 މަހުގެ ތުއްތު ކުއްޖަކާއި 61 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.

މި އަހަރުގެ މޭ މަހާ ހަމަޔަށް ޑެންގޫ ހުން ޖެހިގެން 1930 ކޭސް ރިޕޯޓް ކޮށްފައި ވާއިރު، މަދިރީގެ ޒަރިއްޔާއިން ޖެހޭ ޗިކުންގުންޔާ ޖެހިގެން 839 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ދަނީ ވަނީ އިތުރުވެފައެވެ.