ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.
މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވި ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގުގައި ފުލުހުން ޖޭއެސްސީއަށް ހުށަހެޅި ސިޓީއެއް ޖޭއެސްސީން ވަނީ ހިއްސާކޮށްފައެވެ. އެ ސިޓީގައި ވާގޮތުން، ރިޟްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ދެ މީހުން ދޫކޮށްލި ކަމުގެ ތުހުމަތު ފުލުހުން ވަނީ ފަނޑިިޔާރު ދީދީގެ މައްޗަށް ކޮށްފައެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ، ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމެވެ. މި ދެމީހުން ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މީހަކު ފަނޑިޔާރު ދީދީއާ މުއާމަލާތް ކުރަމުން އައިސްފައިވާ ކަމަށާއި، ފަނޑިޔާރު ދީދީ އެ މައްސަލައިގައި ހިމެނޭ ސުވެއިދު ދޫކޮށްލާފައި ވަނީ އެ ދެ މީހުންގެ މައުލޫމާތު އެ މީހާ ފަނޑިޔާރާ ހިއްސާކޮށްފައި ވަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިޟްވާން ގެއްލުވާލި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވިއެވެ. ރިޟްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ރިޟްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ރިޟްވާން ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ދޫކޮށްލުމުގެ ތުހުމަތުގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުވެސް ފުލުހުން ވަނީ ފަނޑިޔާރު ދީދީގެ މައްޗަށް ކޮށްފައެވެ.
މިހާރު ޗެޓްލޮގެއް ހަދާލަން ވަރަށް ފަސޭހަކަމެއް. އޮންލައިން ޓޫލްސް އެބަހުރި އެސްއެމްއެސް، އައިމެސްޖް، ވައިބަރ، ވަޓްސްއެޕް އަދިވެސް މިނޫނަސް އެތައް މީސްމީޑިއާގެ މެސެންޖާރ ރެޕްލިކޭޓްކޮށް ޗެޓް ޖެނަރޭޓްކޮށްދޭ އެންޓަރ ކުރި ކޮންމެ ނަމްބަރެއް މެސެޖެއް ލިޔެލާފައި. ގޫގުލްގައި ފޭކްޗެޓްއެޕް ޖަހާލާ ނޫނީ ފޭކްޗެޓްލޮގްއެޕް.ކޮމްއަށް ވަދެލާ