ޓެލްކޮމް އޭޝިއާ އެވޯޑްގެ މޯސްޓު އިނޮވޭޓިވް ޕޭމެންޓް ސޮލިއުޝަން ސާވިސްގެ ގެ އެވޯޑް އުރީދޫގެ އެމްފައިސާއަށް ލިބިއްޖެއެވެ.

އެމްފައިސާ މެދުވެރިކޮށް ރާއްޖޭގެ އެންމެ ގިނަ ބިލްތައް ދައްކުގެ ފުރުސަތު އުރީދޫ އިން ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން އެމްފައިސާ އަކީ މޯބައިލް ފޯނު މެދުވެރިކޮށް، ފައިސާ ނެގުމާ، ޖަމާކުރުން އަދި އެހެން މީހުންނަށް ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި އެވޯޑުގެ އިތުރުންވެސް އުރީދޫއަށް ވަނީ ޓެލެކޮމް އޭޝިއާ އެވޯޑްގައި ކާމިޔާބީތަކެއް ލިބިފައެވެ. އޭގެ ތެރޭގައި މުހިންމު 3 ކެޓަގަރީއަކުން ވަނީ ފައިނަލިސްޓެއްގެ ގޮތުގައި އުރީދޫ ޝޯޓް ލިސްޓު ވެފައެވެ. އޭގެ ތެރޭގައި ބެސްޓް އެމާޖިންގ މާކެޓް އޮޕަރޭޓަރ އަދި ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް ހިމެނެއެވެ.

އުރީދޫ އިން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބަލަނީ، އެކަމެއް އީޖާދުކޮށް، އުފެއްދުންތެރިކަން ގެނައުމަށް. މިގޮތުން، އަޅުގަނޑުމެންގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ބައިނަލްއަޤްވާމީ އެވޯރޑެއް ލިބުމަކީ، އުރީދޫގެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެއް. ޓެލެކޮމް އޭޝިއާގެ މިއަހަރުގެ ޝިޢާރު ކަމަށްވާ، "ޑިޖިޓަލް އިކޮނޮމީގެ ކަނެކްޓިވިޓީ ސްޓޭންޑަޑުތައް އައު އުސްމިންތަކާއި ހަމައަށް ގެންދިއުން" މިއީ އުރީދޫ އިންވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް
އުރީދޫގެ މެނޭޖިން ޑިރެކްޓާ ނަޖީބް ހާން

ޓެލެކޮމް އެވޯޑަކީ ޓެލެކޮމިއުނިކޭޝަން ގެ ދާއިރާއިން މިސަރަހައްދުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ފަހުރުވެރި އެވޯޑެވެ. މިއީ މި ޓެލެކޮމް އެވޯޑް އޭޝިއާގެ 22 ވަަނަ ފަހަރެވެ.