ހައިވޭ ގައި ދުއްވާފައި ދިޔަ ޕިކަޕަކާ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވެފައި ވަނީ ޕިކަޕުގެ ކުރީ ދެ ފުރޮޅު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށާ، ޕިކަޕު ކޮންޓްރޯލުން ނައްޓައިގެން ހައިވޭގެ ޑިވައިޑާގައި ޖެހިފައި ގޮސް ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރަމުން ދިޔަ ބަހެއްގައި ޖެހިފައިވާކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރު 2:14 ހާއިރު ކަމަސް ފުލުހުން މުއުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓިުގައި މީހަކަށް ގެއްލުން ވެފައި ނުވިނަމަވެސް އެކްސިޑެންޓުވި ޕިކަޕުގެ ކުރީކޮޅު ހަލާކު ވެފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ޕިކަޕު ބަހުގައި ޖެހުމުގެ ސަބަބުން ބަހަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޕިކަޕު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށެވެ.

މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.