އުރީދޫ މޯލްޑިވްސް އިން އަންނަ މަހު އައްޑޫގައި ބާއްވާ ކަލަރަން އިވެންޓްގެ ސޭފްޓީ ޕާޓްނާއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ހަމަޖައްސައިފިއެވެ.
ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ އުރީދޫ ކަލަރަން ދުވުމުގައި ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވާ ކަން ފާހަގަކޮށްލެވެއެވެ. އެތައް އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ މި ދުވުމުގައި ސޭފްޓީގެ ކަންތައްތައް ބެހެއްޓުމަށް އެމްއެންޑީއެފް ހަމަޖައްސަމުން، އެކުންފުނިން ވަނީ ޓްވީޓެއް ކޮށްފައެވެ. އުރީދޫން ވަނީ މެދުކެނޑުމެއްނެތި އެމްއެންޑީއެފުން ފޯރުކޮށްދެމުންދާ ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.
އުރީދޫން އިންތިޒާމްކޮށްގެން ބާއްވާ މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ވެސް ގެނުވައި ދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެއެވެ. ކުލަ ޖެހުމާއި މަޑި އެރުވުމާއި މަޖާ އެތައް ހަރަކާތްތަކެއް އެކުލެވިގެން ދާ މި ކަލަރަން އައްޑޫގައި ބޭއްވުމަށް ޖެހިފައިވާ ތާރީހަކީ މިމަހުގެ 28 ވަނަ ދުވަހެވެ.
އުރީދޫން ބުނީ، މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރިކޮށް ކަމަށެވެ. އަދި ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި ވާނީ މިމަހުގެ 16 ގެ ނިޔަލަށް ކަމަށާއި އަވަހަށް ރަޖިސްޓާ ކުރުމަށް އެ ކުންފުނިން އެދިފައި ވެއެވެ.
އައްޑޫގައި ބާއްވާ ކަލަރަންގެ އިވެންޓްގެ އޯގަނައިޒިންގް ޕާޓްނާއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔުނިކްސް ސްޕޯޓިންގް އެވެ.