ނިމިގެން ރަމަޟާން މަހު އެކުންފުނީގެ މުވައްޒަފުން ދެއްކި ރީތި މިސާލަށް ފަހުރުވެރިވާ ކަމަށް ދިވެހިރާއްޖޭގައި ވެސް އޮޕަރޭޓް ކުރަމުންދާ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރޫދީ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ ޝައިހު ސައުދު ބިން ނާސިރު އަލް ސާނީ ވިދާޅުވެއްޖެއެވެ.

1440 ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ ކުންފުނިން ބައިނަލްއަގުވާމީ ފެންވަރެއްގައި ހިންގި "ރަމަޟާން" ކެމްޕެއިންގެ ނިމުން ފާހަގަކުރައްވާ ޝައިހު ސައުދު ވިދާޅުވީ އުރީދޫ ކުންފުނީގެ އޮޕަރޭޝަންތައް ހިނގާ ހުރިހާ ގައުމެއްގައި މަސައްކަތްކުރަމުންދާ އެކުންފުނީގެ މުވައްޒަފުން ރަމަޟާން މަހު ދައްކާފައިވަނީ ރީތި މިސާލެއް ކަމަށާ، ބަރަކާތްތެރި ރަމަޟާން މަހު ރޫހު ދިރުވާ އާލާކުރުމާ، ކުންފުނީގެ އިޖުތިމާއީ ޒިންމާ އަދާކުރުމަށްޓަކައި އެ މުވައްޒަފުން އެތައް ވަގުތެއް ހުސްކޮށްލި ކަމަށެވެ.

"ރަމަޟާން މަހަކީ ތިބާއަށް އުޅެވުނު ގޮތާ މެދު ވިސްނާ، އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހިކޮށް، ލިބުނު އެއްޗަކަށް ޝުކުރުވެރިވެ، ލޯބިވާ މީހުންނާ އެކަންއެކަން ހިއްސާކުރަންވީ ދުވަސްވަރެއް. ހަމައެއާކު، ރަމަޟާން މަހަކީ ބޭނުންޖެހިފައިވާ މީހުންނަށް އެހީވާންވީ ވަގުތު. މިއީ ކަސްޓަމަރުންގެ ހާލަތަށް ކުންފުނިން އިހުސާންތެރިވާ މިންވަރު ދައްކައިދޭންވީ ދުވަސްވަރެއް. ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ރަމަޟާން ކެމްޕޭނަކީ މި ކުންފުނީގެ ފަހުރެއް. ނިކަމެތި ހާލުގައި ތިބި މީހުންނަށް އެހީވުމަށް ކުންފުންޏަށް ތަނަވަސްކަން ލިބިފައިވީތީ ޝުކުރު ކުރަން."
ޝައިހު ސައުދު

ނިމިދިޔަ ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްއިންވެސް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ރަމަޟާން މަހަކީ އާއިލީ ގުޅުންތަކާ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އިސްކަންދޭ މައްސަރަކަށް ހެދުމަށް ހިތްވަރުދޭ ހާއްސަ ވީޑިއޯ ސްޕޮޓެއް އާންމު ކުރުމުގެ އިތުރުން އިންސާނިއްޔަތަށް ދެވޭ އެންމެ އަގުބޮޑު އެއް ހަދިޔާ ކަމަށްވާ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭން ފާހަގަކުރެވެއެވެ.

އުރީދޫ ގްރޫޕުން ރޯދަމަހު ބޭއްވި ކެމްޕޭންގެ ތެރެއިން / ފޮޓޯ: އުރީދޫ

މީގެ އިތުރުން އުރީދޫ މޯލްޑިވްސްއިންވަނީ ހުޅުމާލޭގައި ހުންނަ "ފިޔަވަތީ"ގައި ހާއްސަ ރޯދަ ވީއްލުމެއް ބާއްވާފައެވެ. އަދި މާލޭގައި މަސައްކަތްކުރާ ބިދޭސީން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މާލޭ ސިޓީ ކައުންސިލާ ގުޅިގެން ބިދޭސީންނަށްވެސް ހާއްސަ ރޯދަވީއްލުމެއް އުރީދޫ މޯލްޑިވްސްއިންވަނީ ދީފިއެވެ. ހަމަ މިއާއެކު ރަމަޟާން މަހުގެ އެކި ދުވަސްދުވަހު، އެކުންފުނީގެ މުވައްޒަފުން ވަނީ ރޯދަ ވީއްލާ ގަޑިއާއި ދިމާކޮށް މަގުތަކުގައި ފެނާ ކަދުރު ބެހުމުގައިވެސް ހަރަކާތްތެރިވެފައެވެ.

އުރީދޫ މޯލްޑިވްސްގެ އިތުރުން ފަލަސްޠީނު، ކުވައިތު އަދި އޮމާން ފަދަ ގައުމުތަކުގައިވެސް އުރީދޫ ގުރޫޕުންވަނީ ރަމަޟާން މަހާ ދިމާކޮށް އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ދީލަތި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.