އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ފެރީގެ ހިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެގައުމުގެ ފޮރިން ސެކްރެޓެރީ ވިޖޭ ކެޝާވް ގޯކްލޭ ވިދާޅުވެއްޖެއެވެެ.
ގޯކްލޭ ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއާއި އިންޑިއާގެ ޕޯޓް ސިޓީ ކޮޗީ އާ ދެމެދު ފެރީގެ ހިދުމަތް ދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ވައިގެ މަގުން ދަތުރު ފަތުރު ކުރެވުނު ނަމަވެސް ފެރީގެ މަގުން އިންޑިއާ ނުވަތަ އެހެން އަވަށްޓެރި ގައުމަކަށްވެސް އަދި ރާއްޖެއިން ދަތުރު ފަތުރުގެ ނިޒާމުން ގުޅާލައިފައެއް ނުވެއެވެ.
އަވައްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރައީސް ޔާމީނުގެ ސަރުކާގައި ހީނަރު ވެފައި އޮތުމަށް ފަހު މިހާރުގެ ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ އިސްކަމެއް ދެއްވައި މި ދެ ގައުމުގެ ގުޅުން ވަނީ ކުރިއަށްވުރެ ވަރުގަދަ ކޮށްފައެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 106 މިލިއަން ރުފިޔާ ދީފައެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ވަމުންދާތީ ސަރުކާރާ ދެކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އިންޑިއާ އަކީ ރާއްޖެއާ އެންމެ ކައިރި އެއްގައުމަށް ވެފައި އިންޑިއާ އަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ގައުމަކަށް ވުމުން މި ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅިގެންވެސް ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހިލޭ އެއްވެސް މީހަކު އެކައްޗެއްވެސް ނުދޭނެ. ކޮންމެ ކަމެއްގައި ވެސް ފޮރުވިފައި ސިއްރުތަކެއް ވާނެ. ރާއްޖޭގެ ވެރިކަމަކަށް އަދި ނާދެ ރައްޔިތުންނަށް ގައްދާރު ނުވާ ވެރިއަކު. ބާރަކީ އެއްމެ ރަނގަޅު މީހާވެސް ފަސާދަކޮށްލާ އެއްޗެއް.
ކިހާ ދެރަކަމެއް މިއުޅެނީ ކައިރި ޖެހިގެންހުރި ރަށައްވެސް ފެރީ ނުބޭއްވިގެން ކިހިނެއް އިންޑިއާ އަށް ފެރީކުރެވޭނީ ގައުމުގަ ފެރީ ހިދުމަތް ދެވިގެންދޯ އަދި އެހެންތާކައް ކުރެވޭނީ
ހިލޭ އެހީގެ ދަށުން 106 މިނިއަން ރުފިޔާ އެއްނުދޭނެ. ތީގަ ވާނެ އާއްމު ރައްޔިތުންނަށް ފޮރުވާފަވާ އެޖެންޑާއެއް.