މޫސުން ގޯސްވުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ނުބާއްވާގޮތަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މޫސުމް ގޯސްވުމުގެ ސަބަބުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސަވާފައި ވާކަމަށެވެ.

ފިތުރު އީދު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ބާއްވަން ނިންމާފައިވަނީ ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ. އީދު ސަލާން ކުރެއްވުން ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މާދަމާ ހެނދުނު 9:30 އިން 10:30 އަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ކެންސަލް ކޮށްފައިވާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހަވީރުން ފެށިގެން މާލެއަށް ވާރޭ ވެހެމުންދާ އިރު، މާދަމާ ވެސް މާލެއަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާއެވެ.