ސ. ހިތަދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފިހާރައިގެ އޮފީސް ބަޔަށް ވަދެ އެތަނުގައި ހުރި ތިޖޫރީ އެއް ފަޅާލައި އޭގެ ތެރޭގައި ހުރި 27،704 ރުފިޔާ އާއި 1200 ޑޮލަރު ވަގަށް ނަގާފައި ވާކަމަށެވެ.

އަދި ތިޖޫރި ފެނުނީ ރަށުގެ ވަލުތެރެއިން ކަމަށާ، ތިޖޫރީ ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިމައްސަލަޔާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ރޯދަ މަހު މާލެ އަދި އަތޮޅުތެރޭ ރަށްތަކުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ކަމަށް ފުލުހުން ބުނެއެވެ.