ހުޅުމާލޭ ގަރާޖުތައް ފިޔަވާ އެހެނިހެން ތަންތަނުގައި ހުޅުމާލެއަށް އެތެރެ ކުރާ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުން މަޑު ޖައްސާލައިފައި ވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުން ވަގުތީގޮތުން މަޑު ޖައްސާލައިފައި ވަނީ ހުޅުމާލޭގައި މިހާރު ގާއިމްކޮށްފައިވާ ޕާކިން އޭރިޔާ ތަކުގައި އިތުރު ޖާގަ ނެތުމުން ކަމަށެވެ.

ހުޅުމާލޭގައި އުޅަނދު ޕާކު ކުރުމަށް އިތުރު ޖާގަ ގާއިމް ކުރުމަށް، ހުޅުމާލެއަށް އުޅަނދުތައް އެތެރެ ކުރަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެހެން ކަމުން އުޅަނދު އެތެރެކުރުމަށް ބޭނުންވާ ފަރާތަކުން، އެޗްޑީސީގެ އުޅަނދު އެތެރެ ކުރުމަށް ބޭނުންވާ ފަރާތަކުގެ ދަފްތަރުގައި ބައިވެރި ވުމުގެ ފޯމު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 3 ޖޫން އާ ހަމަޔަށް އެޗްޑީސީ އިން ލިބެން ހުންނާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.