މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ކުޑަ ދެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ބިދަބިން ބޮޑުބެރު ގުރޫޕުގެ މެންބަރެއް އެ ގްރޫޕުން ވަކިކޮށްފިއެވެ.

އެ ގްރޫޕުން ބުނެފައި ވަނީ، އެ މައްސަލައިގައި ވަގުތުން ފިޔަވަޅުއަޅާ އޭނާ ގްރޫޕުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ އަމަލުތަކާމެދު ލަދުގަންނަ ކަމަށާއި، މިފަދަ ކަންކަމަކީ އެ ގްރޫޕުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ބުނެފައިވެއެވެ. ބިދަބިން ބޮޑުބެރު ގުރޫޕުން ވަކިކޮށްފައިވަނީ އެ ގްރޫޕުގެ މެންބަރު ހައްސާން އަލީއެވެ.

https://www.facebook.com/bidhabin/posts/1717422651735543

ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެ ފިރިހެން ކުއްޖަކާ، ފިރިހެނަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައާއި ގުޅިގެން ރޭ ދަންވަރު 2:48 ހާއިރު، ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހައްސާން ހައްޔަރުކުރުމުގެ ކުރިން ބަޔަކު ވަނީ އޭނާ ހުޅުމާލޭގައި ބޮކްސާ އާއެކު ގަން ހިންގުވާފައެވެ.

ޖިންސީ އަނިޔާ ލިބުނު ދެ ކުދިންނަށް އަދިވެސް ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި ކުދިންނާ ބެހޭ މައުލޫމާތެއް މިހާތަނަށް ޖެންޑާ މިނިސްޓްރީ، ޕޮލިސް އަދި ހުޅުމާލެ ހޮސްޕިޓަލުން ވެސް ދީފައި ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.