ށ. ފީވަކު ކަރަންޓައް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ފޮނުވި ފެނަކަ ޓީމަށް މަސައްކަތް ކުރުމަށް ހުރަސް އަޅާ، އިންޖީނުގޭ މުއައްޒަފުންނަށް ރައްޔިތުން ބިރު ދައްކާފައިވާ ކަމަށް ފެނަކައިން ފަތުރާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް ފީވަކު ކައުންސިލްގެ ރައީސް ހަސަން ޝުޖާއު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ފީވަކު ފެނަކަ އިންޖީނުގެ އަކީ ރައްޔިތުންގެ ތަނެއް ކަމަށާއި އެތަނަށް ރައްޔިތުންނަށް ވަނުމުގެ ހައްގު އޮންނާނެ ކަމަށެވެ.
ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުން އިންޖީނުގެއަށް ވަނީ ހިންގަން ހުރި ފަރާތުގެ ހުއްދަޔާ އެކީގައި ކަަމަށާއި، އިންޖީނުގެ ތެރޭގައި ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އަޅާފައި ނުވާކަމަށެވެ. އަދި ފެނަކައަށް މައުލޫމާތު ދިން މީހުން ދީފައި ވަނީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ މިފަދަ ރަމަޟާން މަހެއްގައި ފެނަކައިން ދޮގު ވާހަކަ ފަތުރައިގެން ހިފާ ރޯދައިގެ ބޭނުމެއް ނެތްކަމަށާއި ފެނަކަ ފެއިލް ވުމުން މިފަދަ ދޮގު މައުލޫމާތު ފަތުރަނީ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ދިމާވާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށާއި ކޮންމެ ދުވަހަކު ދެ ގަޑިއިރުން ދެ ގަޑިއިރުން ކަހަލަ ގޮތަކަށް ކަރަންޓުދާ ކަމަށް އެރަށުގެ މީހަކު ކިޔައިދިނެވެ. އަދި ބައެއް ރޭރޭ ހަތް ގަޑިއިރަށް ވުރެ ގިނަ އިރު ކަރަންޓު ނުލިބިދާ ކަމަށްވެސް އޭނާ ބުނެއެވެ. މިކަމާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ މި މައްސަލަ ދިމާވަމުން ދަނީ ޖަނަރޭޓަރުތަކުގައި ކަރަންޓު ނުހިފޭއްޓި އަބަދު ޖެނަރޭޓަރުތައް ނިވެމުންދާތީ ކަމަށެވެ.
ފެނަކައިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިމަހުގެ 16 ވަނަ ދުވަހު ފީވަކުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ޓީމެއް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރައްޔިތުންގެ ބަޔަކު އިންޖީނު ރޫމަށާއި ކޮންޓްރޯލް ރޫމަށް ވަދެ މުވައްޒަފުންނަށް ބިރުދައްކާ ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އަދި ހަމަ އެފަދައިން މިމަހުގެ 22 ވަނަ ދުވަހު ވެސް މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނިކޮށް ހަމަ މިގޮތަށް ރައްޔިތުން މަސައްކަތަށް ހުރަސްއަޅާ، ބިރުދައްކާ ކަރަންޓު ކަނޑާލައިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މިފަދައިން ރައްޔިތުން ކަން ކުރުމުން އެ ކޯޕަރޭޝަނުން ކުރި މަސައްކަތް ގިނަ ވަގުތު ތަކަކަށް ދިގުދެމިގެން ގޮސްފައި ވާކަމަށް ވެސް ފެނަކައިން ބުނެއެވެ.
އަދި ފެނަކައިން ބުނީ ފީވަކަށް ކަރަންޓު ދެވާވަރަށް އެރަށުގައި ޖެނެރޭޝަން ކެޕޭސިޓީ ގާއިމްކޮށްފައިވާ ކަމަށާ ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ފީވަކުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ 180 ކިލޯވޯޓު، 128 ކިލޮވޯޓު ގެ ދެ ޖެނެރޭޓަރު ބޭނުންކޮށްގެނެވެ. ފީވަކުގެ އެންމެ މަތީ ލޯޑަކީ 200 ކިލޯވޯޓުކަމަށް ފެނަކައިން ބުނެއެވެ.
ފީވަކު ރައްޔިތުންވަނީ އިރު އިރުކޮޅާ ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބުމުން އެކަމާ އިހުތިޖާޖުކޮށްފައެވެ.
ފީވަކު ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވި ގޮތުގާ، އިރުއިރުކޮޅުން ކަރަންޓު ދިއުމުގެ ސަބަބުން ގެތަކުގައި ބޭނުންކުރަމުންދާ ކަރަންޓު ސާމާނަށް، ގެއްލުން ލިބެމުންދާ ކަމަށެވެ. އެގޮތުގް ގާތްގަނޑަކަށް 10 ގެއަކުން ކަރަންޓު ސާމާނު ހަލާކުވެގެން އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. އަދި މިފަދަ ގެއްލުންތަކާމެދު ޒިންމާ ނަގާނެ ފަރާތެއް ނެތި އިރުއިރުކޮޅުން ދާ ކަރަންޓެއް ފީވަކު ރައްޔިތުން ބޭނުން ނުވާކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ފެނަކަ މުވައްޒަފުނަށް ޖެއްސުމަށް ފީިވަކު ރަށްޔިތުން އަމިއްލައަށް ކަރަންޓު މިކަނޑަނީ. ގޭގަ ހުރިމުދާ ހަލާކު މިކުރަނި ފެނަކައަށް ޖެއްސުމަށް. ކާބޯތަކެތި ހަލާކު މިކުރަނި ފެނަކައިގެ އިސް ވެރިންނާ ޖެއްސުމަށް. ޅަދަރިން ނުނިންދަވާ މިތިބެނީ ރޭގަނޑު ހޭލާ ފެނަކަ މެނޭޖަރަށް ޖެއްސުމަށް. ވަރަށް ބޮޑަށް ރާވައިގެން އަހަރުމެން މިތިބެނީ ކަނު އަނދިރީގަ ފެނަކައިގެ ބަޔާން ނެރޭ މީހުނަށް ޖެއްސުމަށް. ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތައް މިހޫނު މޫސުމުގަ އަހަރުމެން މިނިންމާލަނީ ރާވައިގެން ކަރަނޓު ކަނޑާލައިގެން ފެނަކަ މީހުންނަށް ދެރަދޭން. ސާބަހޭ ފެނަކަ.
ފެއިލްވީ ރައްޔިތުން. ހަމަ ރީއްޗަ ކެނޭރީގޭ ނަޝީދާއި އިބޫ ސާލިހު ބުނަމުންދިޔައީ ޖަޒީރާއޭ ޖަޒީރާ ލައިފްއޭ. މިލައިފްގައި ކަރަންޓެއް ފެނެއް ނަރުދަމާއެއް ޔަގީންކޮށް ނުދޭ. ދެންބުނީ އެޖެންޑާ19 އޭ ލިބޭނީ. ދެން އެކައިގެން ބޮއެގެން އުޅެންތާ ޖެހޭނީ. ޝަކުވާ ނުކުރޭ. ވެރިކަމަށް ހަމަވެސް ވެގެން އާރާއި ބާރު އޮވެ ޔާމީންގެ ވައްކަމައެް ކޮރަޕްޝަނެއް ނުދެއްކުނު. ހުރިހާ ގޮތަކުންވެސް ސާބިތުވީ ޔާމީންގެ ވެރިކަމުގެ ފުރިހަމަ ކަން. އިގްތިސާދީގޮތުންވެސް ކުރިއަށް ދިޔަ ތަން. އައިއެމްއެފްގެ ހިސާބުތައް ބަލާލީމާ ޔަގީންވާނެ މިކަން. އައިއެމްއެފްއިން މިހާރުވެސް އަންދާޒާކުރަނީ މިއަހަރު ދިވެހި އިގްތިސާދު ފަހަތަށް ދާނެކަމަށް. ސޯމަޗް ފޯ ވޯޓީން އެމްޑީޕީ.