ހުޅުމާލޭ މަގުމަތީގައި މިރޭ މީހަކު ހިންގުވައިފިއެވެ. 'ދަ ޕްރެސް' އަށް ލިބިފައިވާ ފޮޓޯއިން ފެންނަނީ ބޮކްސާއެއްގައި ހުރި މީހަކު، 3 ސައިކަލެއްގައި ތިބި ބަޔަކު ވެގެން ހިންގުވާތަނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެއީ ކުޑަކުއްޖަކާ ބެހުނު މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހާއަކީ ހުޅުމާލޭ ސަހަރާ ކައިރީ ބަޔަކު އޭނާއަށް އަނިޔާ ކުރި ކަމަށް މައުލޫމާތު ލިބުނު މީހެއް ކަމަށާ، އޭނާ ވާހަކަ ނުދައްކާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އޭނާ ފުލުހަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އޭނާ ފެނުނީ، މީހަކަށް އަނިޔާ ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު މަގުމަތިން ހިންގުވާފައި ގެންނަނިކޮށް ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.