ލ. ހިތަދޫ ކައިރިން ވެލި ނަގައިގެން ދުބާއީއަށް ގެންދާ ޗައިނާގެ ބޯޓެއް ފެނިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ބޯޓު ނަގިލި އަޅާފައި އޮތީ ހިތަދޫ ކައިރީގައެވެ. އަދި އެ ބޯޓުގައި ތިބި މީހުން ބުނާގޮތުންނަމަ އެއީ ބްރިޖް އެގްރީމެންޓްގެ ދަށުން ވެލި ނަގައިގެން ދުބާއީ އަށް ވެލި ގެންދާ ބޯޓެކެވެ. އަދި އެކަން ކުރަމުން ދަނީ ބްރިޖް އެގްރީމެންޓުގެ ދަށުން އެއާއި ގުޅުން އޮތް ކުންފުންޏަކުން ކަމަށެވެ. އަދި މި ބޯޓުގެ ބޭރުގައި ރަޖިސްޓްރޭޝަން ނަންބަރެއް އަދި ދިދައެއްވެސް ނަގާފައި ނެތްކަމަށް މި ބޯޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހަކު ވަނީ ބުނެފައެވެ.
މި ބޯޓަކީ ބޭރުގައި ރަތްކުލައިގެ ދަވާދު ލާފައި އޮތް މާ ސިންގާ ބޯޓެކެވެ. މި ބޯޓު ތެރޭގައި ވެލި ހުރި އިރު، ކޮންނަން ބޭނުންކުރާ ބައެއް ސާމާނު ވެސް ބޯޓު ތެރޭގައި ހުއްޓެެވެ.
މި ބޯޓުގެ މައްސަލަ މިހާރު ވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ހުށަހަޅާފައެވެ. އީޕީއޭއިން ބުނެފައިވަނީ އެ އެޖެންސީއަށް ހުށަހެޅުނު ބޯޓެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބަކުން ވެލި ނަގައިގެން ދުބާއީއަށް ގެންދަން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.
"އަޅުގަނޑުމެން މިދަނީ ލ. ހިތަދޫ ކައިރިން ވެލި ނަގަމުންދާ ބޯޓެއްގެ މައްސަލަ ބަލަމުން. ރާއްޖޭގެ ކަނޑުން ވެލި ނެގުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން. މިކަން މިގޮތަށް ހިނގާނަމަ ގަވާއިދާ ހިލާފަށް ވެލިނެގުން ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން" އީޕީއޭއިން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހިތަދޫ ކައިރީގައި ބޯޓެއް ހަރަކާތްތެރި ވަމުން ދާކަމަށް ބުނާ މައްސަލައެއް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިގައުމުގައި ކަސްޓަމެއްވެސް ނެތީތަ. މިއީ ގައުމެއްތަ؟
ހާދަވަނދު ގޮތަކަށޭ މިބުނަނީ މިބަލަނީ ބަލަމުން މިދަނީ އެބަބަލަން ތިކަން ބަލާނަން މިކަހަލަ ޖަވާބެއް މިދެނީ